މާލެސިޓީގެ ފަސްވަނަ އަވަށްކަމަށް ކަނޑައަޅާފައިވާ ވިލިމާލޭގެ މޫދަށް އެރޭ ސަރަހައްދު ހިމާޔަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ސޯޝަލް މީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން ރައީސްއޮފީހުން އިއްޔެ ފެށި ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިހެން ވިދާޅުވީ ރައީސާ މިއަދުގެ ސުވާލު ކުރެއްވި ރާއްޖޭގެ ފުރަތަމަ އަންހެން ޕަޑީ ސެޓިފައިޑް ކޯސް ޑިރެކްޓަރު ޒޫނާ ނަސީމް (ޒޫންޓި) އަށް ޖަވާބު ދެއްވަމުންނެވެ.
ވިލިމާލޭ ގައި މޫދަށް އެރެން އޮތް ސަރަަހައްދަކީ ގްރޭޓާ މާލެ ސަރަހައްދުން މިހާރު މޫދަށް އެެރެން އޮތް ހަމައެކަނި ސަރަހައްދުކަން ފާހަގަ ކުރައްވައި ޒޫނާ ނަސީމް ވަނީ އެތަން ހިމާޔަތްކޮށް މޫދަށް އެރޭ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަށް އެދިލައްވާފައެވެ. ހަމައެހެންމެ އެ ސަރަހައްދުން ބައެއް ދޯނިތައް ދަތުރުކުރާކަން ހާމަކުރެއްވުމާއެކު ޒޫނާ އެދިލެއްވީ މަސް ހިފުން ފަދަ ކަންކަމުގައި މީހުން އުޅޭތީ މޫދަށް އެރުމުގެ ހަގީގީ މާނައިގައި އަންނަ ފަރާތްތަކަށް މޫދަށް އެރެވޭނެފަދައަކުން ހާއްސަ ސަރަހައްދަކަށް އެތަން ހަދައިދިނުމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.