1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

MDP
ހުވަދޫ ނިއުސް ޓީމް
313ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

އެމްޑީޕީން ބުނީ ހުރިހާ ވޯޓުފޮށްޓެއްގެ ވޯޓުލުން ހެނދުނު 9:00 ގައި ފަށާފައިވާކަމަށެވެ. މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:00 ޖެހުމާއި ހަމައަށެވެ.

އެމްޑީޕީން 40 ދާއިރާއެއްގެ ޕްރައިމަރީ ބާއްވައެވެ. މި ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރާއިރު 95 ރަށެއްގައި ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި މާލޭގައި 27 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މާލޭގެ ފޮށިތައް ޖަމާލުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައިވާއިރު ހުޅުމާލޭގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ކާމިލް ދީދީ ޕްރީ ސްކޫލާއި މުޙައްމަދު ޤާސިމް ޕްރީސްކޫލުގައެވެ.

300 × 250

https://twitter.com/MDPSecretariat/status/1753644822676787209?s=20

މި ޕްރައިމަރީގައި 25،325 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭ ކަމަށް އެމްޑީޕީން ބުނެއެވެ.

40 ދާއިރާއެއްގެ ވޯޓުލުން ކުރިއަށްދާއިރު އެމްޑީޕީން ވަނީ 49 ދާއިރާއެއްގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދީފައެވެ. އެ ދާއިރާތަކުގައި ޕްރައިމަރީ ނުބޭއްވީ ފޯމު ހުށަހަޅަން ހުޅުވާލި މުއްދަތުގައި އެންމެ މީހަކު ކުރިމަތިލާފައިވާތީއެވެ.

މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ. ނަމަވެސް މިހާތަނަށް 4 ދާއިރާއަކަށް އެއްވެސް މީހަކު ކުރިމަތިލާފައި ނުވާތީ އެ ދާއިރާތަކަށް ވެސް މީހުން ހޯދާނެ ކަމަށް އެ ޕާޓިން ވަނީ ބުނެފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17ގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި