1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބިންވެރިޔާސްކީމުން ގޯތި ލިބުނު އެންމެންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނެ: ރައީސްގެ ޖަވާބު

DR99
ފޮޓޯ: ރައީސްއޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
301ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު އެންމެންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އާންމުންނަށް ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު”ގައި އާންމުންގެ ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެ ފަރާތުން ވަނީ ކުރީ ސަރުކާރުގައި ގޯތި ލިބުނު ފަރާތްތަކަށް އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެެއް މި ސަރުކާރުން ދެއްވާފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެ ގޯތިތައް ލިބުނުކަން ޔަގީން ނުވާ އެތަައް ބަޔަކު އެބަތިބި ކަމަށާއި އެކަމުގެ އެންމެ ފަހުގެ މަޢުލޫމަަތަކީ ކޮބައިތޯ އެ ފަރާތުން ވަނީ ސުވާލުކޮށްފައެވެ.

300 × 250

އެ ސުވާލުގެ ޖަވާބުގައި ރައީސް މުޢިއްޒު ވިދާޅުވީ އެއީ ވަރަށް މުހިންމު އަދި ވަރަށް ގިން މީހުންނާ ގުޅިފައިވާ ސުވާލެއް ކަމަށެވެ. މިކަމުގައި ދޭން ބޭނުންވާ ޔަގީން ކަމަކީ ގިރާވަރު ފަޅުންނާއި ގުޅީފަޅުން ވެސް ގޯތި ލިބުނު އެންމެންނަށް ރަޖިސްޓްރީ ހަވާލުކޮށްދިނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

“ގޯތި ލިބުނު މީހުންނަށް ލިޔެކިއުން ހަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް އެބަދޭ. ރަޖިސްޓްރީ ހެދުމުގެ މަސައްކަތް، ރަޖިސްޓްރީ ދިނުމުގެ މަސައްކަތް” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ގާނޫނީ ގޮތުން ރަޖިސްޓްރީއެއް ދޫކުރެވެނީ ބިން ހިއްކުމުންކަން ފާހަގަކުރައްވާ ރައީސް މުޢިއް ވިދާޅުވީ ގޯތި ލިބުނުކަން ކަށަވަރު ވާވަރުގެ ލިޔުމެއް ދޫކުރުމުގެ މަަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

“ދެން ނުހިއްކާ އޮންނަ ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް ދޭން އޮންނަ ވަގުތީ ލިޔުން ދޫކުރުމުގެ މަސައްކަތް ވެސް އެބަ ކުރިޔަށް ދޭ” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމަފައިވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އިންނެވެ. މީގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައިގެން ގޯތި ދޫކުރަން ވަނީ ނިންމާފައެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި