ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދީ މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި ދެމީހެއްގެ މައްޗަށް ދައުވާ ކުރުމަށް ނިންމައިފިއެވެ. އެކުއްޖާ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ދިމާ މޫދުންނެވެ. އެމައްސަލައާ ގުޅިގެން ދެމީހަކުވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 27 އަހަރުގެ މީހަކާއި އުމުރުން 17 އަހަރުގެ ކުއްޖެކެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމައްސަލައިގައި ދެމީހަކަށް ދައުވާކުރުމަށް ކޯޓަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. ހައްޔަރު ކުރި ދެ މީހުންނަކީވެސް ކުށުގެ ރެކޯޑު އޮންނަ ދެމީހުންނެވެ، އެގޮތުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުށުގެ ރެކޯޑާއި މަރާމާރީ ހިންގުމުގެ ކުށުގެ ރެކޯޑުގައި ވެސް ހިމެނެއެވެ. މީގެ ތެރެއިން 27 އަހަރުގެ އިބްރާހީމް ޒިހާންއަކީ ދާދި ފަހުން ތިން އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒުކޮށްފައިވާ މީހެކެވެ. އެއީ މާރާމާރީގެ މައްސަލައެއްގައެވެ. މިދިޔަ ނުވަ އަހަރު ތެރޭ އޭނާ 19 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ކަމަށްވެއެވެ.
13 އަހަރުގެ ކުއްޖާ މަރާލި މައްސަލައިގައި ދެމީހަކަށް ދައުވާކުރަން ނިންމައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.