ހުޅުމާލެ އަކީ ސާފު ތަނަކަށް ހެދުމަށް މަސައްކަތްކުރާ މީހުންނަށް ޖޫސްޕެޓީ ބަހާނެކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރަހިމް ޝުޖާ ވެވަޑައިގެންވި ވަޢުދު ފުއްދައިފިއެވެ. ޝުޖާ ވަނީ އޮފީސް ގަޑީގައި ކުނިކަހަން ތިބި ދައްތަމެންނަށް ޖޫސްޕެޓީ ހިފައިގެން ގޮސްބަހާފައެވެ. އަދި ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދައްތަމެން ކުރައްވާ މަސައްކަތަކީ ހެޔޮހިތުން ބަލައި ގަންނަ މަސައްކަތެއް ކަމަށެވެ.

ދައްތަމެން ތިކުރައްވަނީ ބުރަ ބޮޑު މަސައްކަތެއް. ހުޅުމާލެ އަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ރަތްދަކަ އަވީގައި ތިޔަކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރާ މީހަކަށް އަޅުގަނޑު ވާނަން

-ކައުންސިލް މެމްބަރު އިބްރަހިމް ޝުޖާ-

https://twitter.com/IbrahimShujaau/status/1428218618639118339   ހުޅުމާލެ އަކީ ސާފު ތަނަކަށް ހެދުމަށް މަސައްކަތްކުރާ މީހުންނަށް ޖޫސްޕެޓީ ބަހާނެކަމަށް ސުޖާއު ވައުދުވެވަޑައިގެންފައިވަނީ ކައުންސިލް ކެމްޕެއިން ތެރޭގައެވެ. ޝުޖާ ގެންދަވަނީ ހުޅުމާލޭގެ އެކި މަސައްކަތް ތެރިންނާއި، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް ހުރި މައްސަލަތައް ކެމްޕެއިން ތެރޭގައި ދެނެގަނެ ނޯޓްކޮށްފައެވެ. އަދި އޭރު ވައުދުވެ ވަޑައިގެންނެވި ގޮތަށް މިހާރު އެވައިދުތައް ފުއްދުމަށް އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ.