1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސައްޚަނޫން ސްލިޕެއް ފޮނުވައިގެން ބައިލައްކަ ރުފިޔާގެ ވިޔަފާރިކޮށްފި

33CA9297-EC69-45D9-B27B-6CF98E71E812-850x548
ޢަޒީޒާ އަފީފް
452ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސައްޚަނޫން ސްލިޕް ފޮނުވައިގެން މާލޭގެ ފިހާރައަކުން ބައިލައްކަ ރުފިޔާގެ ވިޔަފާރިކޮށްފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި މާލޭގެ ޑައިވް ޝޮޕަކުން ޑައިވް ކޮމްޕްރެޝަރަކާއި އެއާ ގުޅުންހުރި ތަކެތި ނަގާފައިވަނީ ސައްޚަނޫން ސްލިޕެއް ފޮނުވައިގެންކަމަށް ބުނެ އިއްޔެގެ ވަގުތެއްގައި މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ.

އެތަކެތި ހޯދުމަށް ފުލުހުންނާއި އެ ފިހާރައިގެ މުވައްޒަފުން ގުޅިގެން ކުރެވުނު މަސައްކަތުން އެ ތަކެތި ފެނިފައިވަނީ މާލޭ ފަޅުގައި އޮތް ބޯޓަކަށް އަރުވާފައިހުއްޓައެވެ.

300 × 250

ފިހާރައިން މައުލޫމާތުދިންގޮތުގައި މި އޮގަސްޓު މަހުގެ 16 އަދި 17 ވަނަ ދުވަހު 171292 ރުފިޔާގެ އެއްޗެހި ނެގުމަށްފަހު ލާރި ޓްރާންސްފާރކުރި ސްލިޕް ފޮނުވާފައިވާކަމަށެވެ. އެހެންނަމަވެސް އެސްލިޕަކީ ސައްޚަ ސްލިޕެއް ނޫންކަމަށް އެފިހާރައިން ވަނީ މައުލޫމާތުދީފައެވެ.

މި މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންދަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުމާއި ފޭކު ސްލިޕްތައް ފޮނުވައިގެން ވިޔަފާރިކުރުން ރާއްޖޭގައި މިވަނީ އާންމު ކަމަކަށްވެފައެވެ. 18 އޮގަސްޓް 2021 ވީ ބުދަދުވަހުވެސް ފޯނުން ގުޅައިގެން މަކަރާއި ހީލަތުން މީހެއްގެ އަތުން ދޮޅުލައްކަ ރުފިޔާ ވަނީ ހޯދާފައެވެ. މިފަދަ މައްސަލަތަކުގައި ހިމެނޭ ބައެއް މީހުން މީގެ ކުރިން ހައްޔަރު ވެސް ކޮށްފައި ވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި