1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޑިފުށްޓާއި ދިޔަމިގިލި ކޯޒްވޭއަކުން ގުޅައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ދިޔަ
ފޮޓޯ:ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
424ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ތ. މަޑިފުއްޓާއި ދިޔަމިގިލި ކޯޒްވޭއަކުން ގުޅައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދިޔަމިގިއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގެ ތަރައްގީއަށްޓަކައި ބޭނުންވާ ގިނަ ގުނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ކެމްޕެއިން ތެރޭގައި ހުށަހެޅި ކަންތައްތައްވެސް ހުރި ކަމަށެވެ. އަދި ރައްޔިތުންނަށް ދޭ ބޭނުންވާ ޔަގީންކަމަކީ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ވަރަށް ސަމާލުކަން ދެއްވާނެ ކަމަށް ކަން ވެސް ރައީސް ވިދާޅުވިއެވެ.

300 × 250

ރައީސް ވިދާޅުވީ މިހާރުގެ ގައުމުގެ އިގްތިސޯދު އޮތް ހާލަތުން ކޮންމެވެސް ވަރަކަށް މުޅި ރާއްޖެއަށްވެސް ހުރަހަކަށްވެފައިވާ ކަމަށާއި އެހެންނަމަވެސް އިގްތިސޯދު ރަނގަޅު ކުރުމަށްޓަކައި ފަށާ މަސައްކަތްތަކުގެ ނަތީޖާއިން ރަށްރަށުގައި ހުރި ތަރައްގީގެ ކަންކަމަށް ބޭނުންވާ ވަރަށް އާމްދަނީ އިތުރުވެގެންދާނެ ކަމަށެވެ.

ނޮވެންބަރު 17 ގައި ސަރުކަރު ހިންގަން ހަވާލުވެގެން ދިޔައިރު ދުވަހަކުވެސް ރާއްޖޭގައި ދަރަނި ނުދާހާ މައްޗަށް ދަރަނި ގޮސްފައި ކަމަށާއި ކޮންމެ ރައްޔިތެއްގެ ބޮލަށް ޖެހޭ ނިސްބަތް ދުވަހަކުވެސް ނުދާހާ މައްޗަށް ގޮސަފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުންފުނިތަކުން ދައްކަން ހުރި ލޯނުތައް ގިނަ ކަމަށާއި ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ވަރަށް ގިނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ މީހަކުވެސް ބޭނުންވަނީ އަދި ސަރުކަރުންވެސް ބޭނުންވަނީ ކޮންމެ ރައްޔިތަކަށް މުއްސަނދިކަން ލިބިގެން ދިއުން ކަމަށާއި ކޮންމެ މީހަކަށް އިގްތިސޯދީގޮތުން މުއްސަދިކަން ލިބިގެންދާ ކުރިއެެރުން ގެނެސްދިނުން ކަމަށެވެ. އަދި އެ ރަށުގެ ތަރައްގީއަށް ކުރަން ހުރި ކަންކަން ފަށަން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަމާ ގުޅުން ހުރި މިނިސްޓްރީތަކާ މަޝްވަރާކޮށްގެން ކައުންސިލުން މަޝްރޫއުތައް ކުރިއަށްގެންދަން ބޭނުންވާ ތަރުތީބު އެކުލަވާލުމަށް އެދިވަޑައިގެންފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި