1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިވެރިކަން އައިފަހުން ޗައިނާއާއި ރާއްޖޭގެ ގުޅުން ރަނގަޅުވާކަން ދަނީ ހާމަވަމުން: މެޑަމް ސާޖިދާ

jaka
ފޮޓޯ: މެޑަމް ސާޖިދާމުހައްމަދު
ޝަފްޢަތު ، ހުވަދޫ މީޑީއާ
355ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެން، ޗައިނާއާއެކު ގުޅުން ބަދަހިކުރެއްވުމުގެ ނަތީޖާއަކީ މިސަރުކާރު ވެރިކަމަށް އައިސްގެން ވޭތުމިވީ ނުހަނުކުރު މުއްދަތުގެ ތެރޭގައި ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ވަރުގަދަކަން ވަރަށްބޮޑަށް ހާމަވެގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވެފައި ވަނީ ޗައިނާ ސަރުކާރުން ކ.މާފުށީ ސްކޫލަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކުރުމަށް މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މެޑަމް ސާޖިދާ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވަމުންދާ މަންޒަރު ފެނިވަޑައި ގަންނަވާކަމަށެވެ.

300 × 250

"ޗައިނާއާއި ރާއްޖެއަކީ އަބަދުވެސް ވަރަށް ގާތް ދެޤައުމު. ވެރިކަމުގެ އެންމެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތް އެއް ޤައުމަކީ ޗައިނާ އަދި ރައީސްގެ ނައިބުވެސްވަނީ ޗައިނާއަށް މިމުއްދަތުގައި ވަޑައިގަންނަވާފައި. ކުރު މުއްދަތެއްގައި އެދެބޭފުޅުން ޗައިނާއަށް ވަޑައިގަތުމުން ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ހާމަވެގެންދޭ." މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ މިފަދައިން ވިދާޅުވެފައިވާ އިރު ސަރުކާރުގެ އިސްވެރިން ހިމެނި ވަޑައިގަންނަވާހެން ބޮޑު ވަފުދަކާއިއެކު ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ޗައިނާގެ ރައީސްގެ ދައުވަތަކަށް ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ޗައިނާ އާއި ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިވެސް ކުރައްވާފައެވެ.

ޗައިނާއިން މިއަދު މާފުށީ ސްކޫލަސް ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ޕްރޮޖެކްޓަރ، ޕްރިންޓަރު، ގޮނޑިއާއި މޭޒުގެ އިތުރުން ބާސްކެޓް ބޯޅައާއި ފުޓްބޯޅަ ކުޅެން ބޭނުންވާ އެކި ސާމާނާއި، އައުޓްޑޯ ފިޓްނެސްއަށް ބޭނުންވާ ތަކެތި ހިމެނޭ އިރު މި ތަކެތީގެ ޖުމުލަ އަގު 625000 ރުފިޔާއަށް އަރައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި