1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުރިހާ ރަށު ކައުންސިލް ތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ރައީސް ބައްދަލު ކުރައްވަނީ

photo1707296947
ހުވަދޫ ނިއުސް ޓީމް
956ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ، ބައްދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލު ކިނބިދޫގައި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމަށް ކަމަށާއި، މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރުވެސް މަސައްކަތްކުރެއްވީ ރައްޔިތުންނާ ގާތުންކަމަށެވެ. އެހެންކަމުން މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އެންމެ މުހިންމު ބޭނުމަކީ ރައްޔިތުންގެ ވާހަކަތައް އަޑުއަހައިގެން ވީހާވެސް ގާތުން މަސައްކަތް ކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހުންނަތަނަށް ކައުންސިލް ގެނެސްގެން ކައުންސިލާ ބައްދަލުކުރާކަށް ނޫން ބޭނުމީއެއް. ކައުންސިލް އޮތްތަނަށް އަޅުގަނޑު ދާން ބޭނުންވަނީ. އެހެންވީމަ މިއަތޮޅު މިނިމެނީ. ދެން އިރާދަކުރެއްވީ މިއަންނަ ހަފްތާގައި އޮތް ރާއްޖެއިން ބޭރު ދަތުރު ނިންމާފައި އަންނަގޮތަށް މަސްދުވަސް މި ކަނޑައަޅަނީ، އެއްމަސްތެރޭ ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން އަޅުގަނޑު ރަށްތަކަށް ދާނަން". ރައީސް ވިދާޅުވިއެވެ.

300 × 250

ރައީސް ވިދާޅުވީ، ހުރިހާ ރަށަކަށް ނުދެވުނުނަމަވެސް، އަތޮޅުތެރެއަށް ވަޑައިގެން ހުރިހާ ކައުންސިލަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ ކައުންސިލްތަކާ ބައްދަލުކޮށް ރައްޔިތުން ބޭނުންވާ ކަންކަން ފަސޭހައިން ފަހިވާގޮތަށް ބައްޓަންކޮށްދެއްވާނެކަމަށެވެ. މިއާއެކު މަހެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ ހުރިހާ މަންދޫބުންނާ ބައްދަލުކުރެއްވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދޭނެ ޔަޤީންކަމަކީ އިރާދަކުރެއްވީ އިޚްލާސްތެރިކަމާއެކީގަ ބުނާ ބަހުގެ އިތުބާރު ދަމަހައްޓަމުން، ރައްޔިތުން އެދޭގޮތަށް ހުރިހާ ކަމެއް ކޮށްދޭނެ ވާހަކަ". ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް ވަނީ ތ.އަތޮޅަށް ވަޑައިގެންފައެވެ. އެ އަތޮޅުގެ 10 ރަށަކަށް ވަޑައިގެން އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ވަނީ ބައްދަލުކުރައްވާފައެވެ.    

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި