1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސުލްޖުމުހޫރިއްޔާ ޑރ. މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީ އަށް ފުރާވަޑައިގަންނަވަނީ

ެމިރ
ފޮޓޯ: ރައީސް އޮފީސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
279ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި މާދަމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ފުރާވަޑައި ގަންނަވާނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދަތުރުފުޅަކީ ވޯލްޑް ގަވަރމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ދުބާއީގައި މި ސަމިޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ  މި މަހުގެ 12 އިން 14 އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މި ދަތުރުފުޅުގައި ދިވެހި ދައުލަތުގެ އިސް ބޭފުޅުން ހިމެނިވަޑައި ގަންނަވާ ވަފުދެއްވެސް ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

300 × 250

ރައީސް މާދަމާ ފެއްޓެވުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހު އެބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ  ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައި ގަންނަވާފައެވެ.

އެދަތުރުފުޅުގައި ވަނީ ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެމެދު ގުޅުން ބަދަހިކުރުމުގެ މަޝްވަރާގެ އިތުން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ގިނަ އަދަދެއްގެ އެއްބަސްވުން ތަކެއްގައި ދެޤައުމުގެ ދެމެދުގައި ސޮއިވެސް ކޮށްފައެވެ.

ރައީސްގެ އެދަތުރުފުޅަށް ފަހު ވޭތުވެ ދިޔަ ފަސް އަހަރު ހީނަރުވެފައިވާ ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރަން ފަށާކަމުގެ ކޮޅުމަތި މިހާރު ވަނީ ފެންނަށްފަށާފައެވެ.

އެގޮތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ މަންޒިލަކަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކަނީ ޗައިނާގެ މާކެޓެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި