1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ތިލަމާލެ ބްރިޖްގެ 33 އިންސައްތައިގެ މަސައްކަތް ނިމިއްޖެ: މިނިސްޓްރީ

bridge
ތިލަމާލޭ ބްރިޖް | ފޮޓޯ: ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ  
ހުވަދޫ ނިއުސް ޓީމް
458ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތިލަމާލޭ ބްރިޖް މަޝްރޫޢުގެ 33.4 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. އެވުޒާރާގެ އިސްވެރިން މިއަދުވަނީ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ. ތިލަމާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތްކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ސަރުކާރުން ބްރިޖް ނިންމުމަށް ދީފައިވާ މުއްދަތު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްދީފައިކަމަށެވެ. އެހެންކަމުން މަސައްކަތް ދިޔައީ ވަރަށް ލަސްކޮށްކަމަށެވެ.އޯގަސްޓްމަހުގެ ތެރޭގައެވެ. ބްރިޖްގެ މަސައްކަތް ކުރިއަށްދާ ސްޕީޑާއި މެދު ގިނަބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވަނީ ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެ. އަދި މިމަސައްކަތް ކުރިއަށްދަނީ ވަރަށް ލަސްކޮށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވެފައިވަނީ މަސައްކަތް އަވަސްކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ސަރުކާރުން ވަނީ އެ މަސައްކަތް ކުރަމުންދާ ކުންފުންޏާއި މަޝްވަރާވެސް ކުރައްވާފައެވެ. ރައީސް ވަނީ 2025 ވަނަ އަހަރު ވިލިމާލެއާއި ހަމައަށް ބްރިޖް ނިންމާދިނުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގަންނަވާފައެވެ.

300 × 250

މިއާއެކު މިމަސައްކަތް ކުރިއަށްގެންދިޔުމަށް ދިމާވެފައިވާ ދަތިތައް ބަލާ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް ކުރެވެން ހުރި ކަންތައްތައް ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިންދަނީ ޚާއްސަ އިސްކަމެއް ދެއްވައިގެން ބައްލަވަމުންނެވެ. މިގޮތުން އެވުޒާރާގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން އެވުޒާރާގެ އިންޖިނިއަރިންގެ ޓީމުންވަނީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

https://twitter.com/thoaam/status/1756280714096746700?s=20

އެގޮތުން ވިލިމާލެއާއި ގުޅިފަޅާއި ދެމެދު ކުރިއަށްދާ މަސައްކަތް އެޓީމުންވަނީ ބައްލަވާލައްވާފައެވެ. ސްޓޭޓް މިނިސްޓަރ އިބްރާހީމް ތޯއާމް ވިދާޅުވީ ބްރިޖްގެ ޕައިލިންގ މަސައްކަތުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި އަދި މުޅި މަޝްރޫޢުގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މަޝްރޫޢުގެ މަސައްކަތް މިހާރު ހުރީ ތާވަލާއި އަޅާބަލާއިރު 1.2 އިންސައްތަ ކުރީގައިކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މި މަޝްރޫޢު ކުރިއަށްދާއިރު ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ އަޅުއްވަމުން ގެންދަވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި