އިންވެސްޓް މޯލްޑިވްސް ފޯރަމްގެ ދެވަނަ ފޯރަމް މިމަހުގެ 13 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. މިފަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ދުބާއީގައެވެ.
މުޅި ދުނިޔޭގައިވެސް ވިޔަފާރީގެ މުހިއްމު ހަބެއްގެ ގޮތުގައި ތަރައްޤީވެފައިވާ ދުބާއީގައި ބާއްވާ މިފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގެ ތެރޭގައެވެ. ރައީސްގެ މިދަތުރުފުޅުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
https://twitter.com/em_saeed/status/1756368715170644181?s=20
އިންވެސްޓް މޯލްޑިވްސްގެ ފުރަތަމަ އެޑިޝަން ބާއްވާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު ޗައިނާގައެވެ. މިފޯރަމްގައި ޗައިނާގެ ގިނަ އިންވެސްޓަރުންވަނީ ބައިވެރިވެފައެވެ. އަދި މީގެ ފައިދާ ރާއްޖެއަށް އެތައް ގޮތަކުން ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިގޮތުން ފޯރަމްގެ ތެރެއިން ޗައިނާގެ ހުނާންގެ ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕުންވަނީ ރާއްޖެއާއި ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އިންވެސްޓް މޯލްޑިވްސް ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ތަސައްވުރު ދައްކުވައިދޭ އަދި ޕްރައިވެޓް ސެކްޓަރއަށް ރާއްޖޭގައި ހުރި ފުރުސަތުތައް ހާމަކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ފޯރަމެކެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް އަދި އިތުރު ފުރުސަތުތައް ރާއްޖެއަށް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.