1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އޯލެވެލް އަދި އެސްއެސްސީ ޕޭޕަރު ރީޗެކްކުރުމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިފި

Exam
ގދ. އަތޮޅުތަޢުލީމީ މަރުކަޒުގެ ދަރިވަރުން އިމްތިހާން ހަދާ މަންޒަރު ދައްކުވައިދޭ ފޮޓޯެއެއް
ހުވަދޫ ނިއުސް ޓީމް
559ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މެއި އަދި ޖޫން 2021 ގައި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ހަދާފައިވާ ދަރިވަރުންގެ ނަތީއްޖާ އަލުން ރީޗެކް ކުރުމަށް ނުވަތަ އަލުން ބެލުމަށް ހުށަހެޅުމުގެ ފުރުޞަތު ސެޕްޓެމްބަރ 2، 2021 އާއި ހަމަޔަށް ހުޅުވާލައިފިއެވެ.

ކަރުދާސް ރީ ޗެކް ކުރަން އެދެވޭނެ އެންމެ ފަހު ދުވަހަކީ ސެޕްޓެމްބަރު 2، 2021 ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ) އިން ބުނެފިއެވެ.

ޑީޕީއިން ބުނީ މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވި ކުދިންގެ ތެރެއިން ޕޭޕަރު ރީޗެކް ކުރަން ބޭނުންވާ ކުދިންނަށް އަންނަ މަހުގެ 2 ގެ ކުރިން އެދެވޭނެ ކަމަށެވެ. އަދި އިމްތިހާނުގައި ބައިވެރިވި އަމިއްލަ ކެންޑިޑޭޓުން ރީޗެކް ކުރަން އެދޭނީ ޑީޕީއީގެ މެއިލް މެދުވެރިކޮށް ކަމަށް ވެސް ޑީޕީއިން ބުނެފައިވެއެވެ.

300 × 250

https://twitter.com/dpemv/status/1428303276185849863?s=20

މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތިއްޖާ މިމަހު 12 ވަނަ ދުވަހު ސެންޓަރުތަކަށް ވަނީ ދޫކޮށްފައެވެ. އެހެން އަހަރުތަކުގެ އިމްތިހާނުތަކާ ހިލާފަށް މިއަހަރުގެ އޯލެވެލް އިމްތިހާނުން ރާއްޖޭގެ ތަފާތު ސްކޫލްތަކުންވަނީ ވަރަށް ރަނގަޅު ނަތީއްޖާއެއް ހޯދާފައެވެ.

އަދި ގިނަ ސުކޫލުތަކަކުން އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ގަދަ 10 އެއްގައި ހިމެނުނު ކުދިންގެ އަދަދުވަނީ ބޮޑުތަނުން އިތުރު ވެފައެވެ.

މި އަހަރު އޯލެވެލް އިމްތިހާނުގައި ވަނީ 5955 ދަރިވަރުން ބައިވެރިވެފައެވެ. މޭ 2، 2021 އިން ޖޫން 11، 2021 ގެ ނިޔަލަށް ބޭއްވި ސާނަވީ އިމްތިހާނު 234 ސެންޓަރެއްގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިދިޔަ އަހަރު އޯލެވެލް އިމްތިހާނު ފަސްކޮށްފައި ވަނީ ކޮވިޑް ބަލިމަޑުކަމާ ގުޅިގެންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި