މާލޭގެ ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ 9 ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެއެވެ.
އެމީހާ ވެއްޓުނީ އެ ފްލޯގައި ހުރި އޭސީ އެއް މަރާމާތު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ސިޑި ގޮޅިން އެންމެ ތިރި އަށެވެ.
ފުލުހުން ބުނީ އެ އިމާރާތުގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް 10:30 ލިބިފައިވާ ކަމަށާއި، ވެއްޓިފައިވަނީ 20 އަހަރުގެ އިންޑިޔާ ފިރިހެނެއް ކަމަށެވެ.
އައިޖީއެމްއެޗުގައި އޭނާ އަށް ފަރުވާދެމުންދިޔައިރުވެސް ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ އޭރު މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައި މިވަނީ ކުރީގެ ނާއިބު ރައީސް ޑރ މުހައްމަދު ޖަމީލްގެ ލޯ ފާމް ހުންނަ އިމާރާތުގައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.