1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ޗެމްޕިއަންސް ލީގް: ޗެމްޕިއަން ސިޓީ ފަސްބެލުމެއް ނެތި ކުރިއަށް

skysports-phil-foden-man-city_6454801
އަހުމަދު ލަޔާން
449ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން މެނެޗެސްޓާ ސިޓީން ޑެންމާކުގެ އެފްސީ ކޯޕަންހޭގަން ބަލިކޮށްއެވެ.

ކޯޕަންހޭގަންގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކުރީ 3-1 އިންނެވެ. މި މެޗަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަރުގަދަ އެގާރައެއް ނެރުނުއިރު މި މޮޅަކީ ސިޓީން މި މުބާރާތުގައި ޖެހިޖެހިގެން ހޯދި 9 ވަނަ މޮޅެވެ.

ރަނގަޅު ފޯމެއްގައި އޮތް ސިޓީން ރޭގެ މެޗުގައި ޖެހި ފުރަތަމަ ގޯލް މެޗުގެ 10 ވަނަ މިނެޓުގައި ފިލް ފޮޑެން ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ ކެވިން ޑިބްރޭނާ އެވެ. ޑިބްރޭނާގެ ގޯލްގެ ކުރިންވެސް ސިޓީން ވަނީ ކޯޕަންހޭގަންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ޑިބްރޭނާ އަދި ޖެރެމީ ޑޯކޫ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާތައް ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

300 × 250

ސިޓީން މެޗުގެ ކުރީކޮޅު ލީޑު ނެގިނަމަވެސް ކީޕަރު އެޑަސަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެޗުގެ 34 ވަނަ މިނެޓުގައި މެގްނަސް މެޓްސަން ޖެހި ގޯލަކުން ކޯޕަންހޭގަން އިން މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ. އެހެންނަމަވެސް، ފުރަތަމަ ހާފު ނިމެން ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ބެނާޑޯ ސިލްވާ ވަނީ ގޯލެއް ޖަހައި ސިޓީ އަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. ލީޑުގައި އޮވެ ސިޓީން ފުރަތަމަ ހާފު ނިންމާލި ނަމަވެސް މި ހާފުގައި އެ ޓީމަށް ކުރިމަތިވި ނުތަނަވަސްކަމަކީ އަނިޔާގެ ސަބަބުން މިޑްފީލްޑަރު ޖެކް ގްރީލިޝް ބާލަން ޖެހުމެވެ.

ސިޓީގެ ތިންވަނަ ގޯލް ޑިބްރޭނާ ދިން ޕާހަކުން ޖެހީ ފޮޑެން އެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި