1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކޮއްކޮގެ ސްކޫލް ޓެބްލެޓް ވިއްކާލުމުން ދައްތަ ޖަލަށްލާން ހުކުމްކޮށްފި

big_LXp420RHuVdjZIL
ޢަޒީޒާ އަފީފް
534ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮއްކޮއަށް ސަރުކާރުން ދީފައިވާ ސްކޫލްގެ ޓެބްލެޓް ވިއްކާލުމުން ދައްތަ ޖަލަށްލާން ހުކުމްކޮށްފިއެވެ.

ސްކޫލްކުއްޖެއްގެ ޓެބްލެޓް ވަގަށް ނަގާ ވިއްކާލި މައްސަލައިގައ ޖަލަށްލާން ހުކުމްކޮށްފައިވަނީ ލ. ގަން، ތުނޑި، ލޮބްސްޓާ، ރުގިއްޔާ އަމާނަތުއަށެވެ.

2019 ވަނަ އަހަރު ކޮއްކޮގެ ޓެބްލެޓް ވަގަށްނަގައި ވިއްކާލިކަމަށް އަމާނަތުވަނީ އިއުތިރާފްވެފައެވެ. އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގައި އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ދެމަހާއި 12 ދުވަސް ޖަލު ހުކުމެއް ކޮށްފައެވެ.

300 × 250

މި ދައުވާގެ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދީ، ކުށަށް އިއުތިރާފުވުމާ ގުޅިގެން އިއްވި ހުކުމަށް ވަނީ ލުއިދީފައެވެ.

މިއަންހެން މީހާ އެޓެބްލެޓް ވިއްކާފައިވަނީ އެންމެ 300 ރުފިޔާއަށެވެ. މިމައްސަލަ ފުލުހުންނަށް ހުށްހެޅުމުން ފުލުހުން ތަހުޤީގުގައި އަމާނަތު ހައްޔަރުކުރުމުން އޭނާވަނީ ފުލުހުންނަށް އެއްބާރުލުންދީ ކުށަށް އިއުތިރާފްވެފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި