އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެ ބޮޑު އެއްވައުދަކީ ރަށްރަށުގެ މައިމަގުތައް ފެންވަރުރަނގަޅުކޮށް ހެދުންކަން ފާހަގަކުރައްވައި ރަށް ރަށުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ތާވަލު ކުރެވި، އެކަންކަމަށް ބަޖެޓް ކަނޑައެޅިގެން ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިހާރު ރައީސް އޮފީހުން ކުރިއަށް ގެންދަވާ، ރައްޔިތުންގެ ސުވާލަށް ސީދާ "ރައީސްގެ ޖަވާބު" މީގެ ތެރެއިން، ފ. ފީއަލީ، ހަނދުވަރީ މަންޒިލް، އިބްރާހީމް ޝަނޫން، އެ ރަށު ބިން ހިއްކުން، ބަނދަރު ހެދުން، އަދި މަގު ހެދުމުގެ މަޝްރޫޢުގެ ކަންކަން ކުރިއަށްދާނެގޮތެއް އޮޅުންފިލުވުމަށް ދެންނެވި ސުވާލަށް، ޖަވާބު ދެއްވަމުންނެވެ.
އިބްރާހީމް ޝަނޫނު ވަނީ މި ނިމުނު ރިޔާސީ އިންތިހާބަށް މާދަމާ ވޯޓުލާން އޮތްކަމަށް ވާނަމަ އެރޭ 10:50 އެހާކަށްހާއިރު ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ބިންހިއްކުމުގެ މަޝްރޫއު ތެރެއިން ފީއަލީ ބަނދަރު ހެދުމަށް ވެލިކޮޅެއް އޮއްސާލީ ކަމަށާއި ދެތިން ދުވަހެއްގެ މަސައްކަތަށްފަހު ވަކިހިސާބަށް ފަށައި ދެތަނަކުން ދެ ފެންގަނޑެއްހެދޭހެން އެތަން ބާއްވައި މަސައްކަތް ހުއްޓިފައި އޮތް ގޮތަށް އޮތީކަމަށާއި ރަށް ގިރެމުންދަނީ ކަމަށް ބުނެ އެ ކަންބޮޑުވުން ފާޅުކޮށްފައވެ. އަދި ފީއަލީގެ މަގުތަކުގެ ފެންހެދި ސުކޫލަށް ހިނގާ ކުދިންނަށް ދިމާވާ ދަތިއުނދަގުލުން ސަލާމަތްވާނެ ގޮތެއް ހޯއްދަވައިދެއްވާނެކަމަށް ރައީސް ޑރ މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދަވައިދެއްވާނެތޯ އާއި ރަށުގެ ބަނދަރާއި މަގުތައް ހެދުންފަދަ ރަށުގެ ތަރައްގީގެ ކަންތައްތައް ކުރިއަށްދާ ގޮތަކާމެދު ޝަނޫނު ވަނީ ރައީސަށް ސުވާލުހުށަހަޅާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.