އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ) ރޭ 10:01 އެހާކަށްހާއިރު އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މަޢުލޫމާތު އާއިލާއިން ފުލުހުންނަށް ދީފިކަމަށް ފުލުހުން ބުނެފިއެވެ.

‏ފުލުހުން ދެންމެއަކު ކުރި އެކްސް ޕޯސްޓުގައި ބުނެފައިވަނީ އެ ކުއްޖާގެ ހާލު ރަނގަޅު ރަގަޅު ކަމުގައެވެ.

ފުލުހުން ބުނެފައިވަނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ފެބުރުވަރީ 11 ވަނަ ދުވަހު ކަމުގައެވެ.