ބޮލީވުޑްގެ ކިންގް ބާދްޝާހް އަދި ހިތްތަކުގެ ރަސްގެފާނު، އެސްއާރްކޭ، ޝާހުރުކް ހާން ގެ ކާމިޔާބު ފިލްމް "ޑަންކީ" ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.
ބެލުންތެރިންގެ އިންތިޒާރުތަކަށް ނިމުމެއް ގެނައި އެހާމެ ބޮޑު ތަރުހީބެއް ލިބިގެން ދިއަ "ޑަންކީ" ރިލީޒް ކުރީ ޑިސެމްބަރު މަހު ގައެވެ. އަދި ބޮކްސް އޮފީހުގައިވެސް މި ފިލްމު ވަނީ ވަރަށް ރަނގަޅު އާމްދަނީއެއް ހޯދާފައެވެ.
"ޑަންކީ" އަކީ ކާމިޔާބު ފިލްމް ތަކެއް ގެނެސްދީފައިވާ ރާޖް ކުމާރު ހިރާނީ ޑައިރެކްޓް ކުރި ފިލްމްއެކެވެ.
މީގެ ކާސްޓްގައި ތަފާތު ފިލްމުތަކަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ތާޕްސީ ޕައްނޫ، ވިކީ ކޯޝަލް އަދި ބޮމަން އިރާނީ ހިމެނެ އެވެ.
ހިޖުރަކުރުމާ ގުޅޭ ގޮތުން ކުޅަދާނަ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ގެނެސްދިން ކޮމެޑީ ޑްރާމާފިލްމު "ޑަންކީ" އަކީ ޖުމްލަ 120 ކްރޯޑް ރުޕީސް (14.5 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. މިފިލްމަށް ކްރިޓިކްސްގެ ތިންތަރި ލިބިފައިވާއިރު، ބޮކްސް އޮފީހުގައި 470.6 ކްރޯޑް ރުޕީސް (58 މިލިއަން ޑޮލަރު) ލިބުނެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.