1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕާކިސްތާނުގައި ބޭއްވި ކެއްކުމުގެ މުބާރާތަކުން ދިވެހި ޝެފުންނަށް ބޮޑު ކާމިޔާބީއެއް!

big_g4QTAlhW7IRIADZ2d5LyLiDXk
ޕާކިސްތާން ކަލިނަރީ ޗެމްޕިއަންޝިޕުގައި ބައިވެރިވި ދިވެހި ޝެފުންގެ ޓީމް... ފޮޓޯ: ޝެފްސް ގިލްޑް މޯލްޑިވްސް
އަހުމަދު ލަޔާން
527ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕާކިސްތާން އިންޓަނޭޝަނަލް ކަލިނަރީ ޗެންޕިއަންޝިޕްގައި ބައިވެރިވެ ދިވެހި ޝެފުންގެ ޓީމުން ނުވަ މެޑަލް ހާސިލްކޮށްފިއެވެ.

މި މުބާރާތް ކުރިއަށްދިޔައީ މިމަހުގެ 13 އިން 15 އަށް ޕާކިސްތާނުގެ ލާހޫރުގައެވެ.

ޕާކިސްތާން އިންޓަނޭޝަނަލް ކަލިނަރީ ޗެންޕިއަންޝިޕްއަކީ ޕާކިސްތާނުގެ ޝެފުންގެ ޤައުމީ ޖަމިއްޔާ، ޝެފްސް އެސޯސިއޭޝަން އޮފް ޕާކިސްތާނުން އިންތިޒާމް ކޮށްގެން ބޭއްވި ކަލިނަރީ މުބާރާތެކެވެ. މި މުބާރާތުގައި ދިވެހި ޝެފުން ބައިވެރިވެފައިވަނީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

300 × 250

މި މުބާރާތުގައި ބައިވެރިވި ދިވެހި ޝެފުންގެ ޓީމުގައި ހިމެނެނީ ޝެފް އިސްމާއިލް ތަހުސީން، ޝެފް އަޖުވަދު އަބްދުލް ވައްހާބު، ޝެފް އައިޝަތު ރަޝްފާ އަޙްމަދު އަދި ޝެފް މަރިޔަމް ޝަފާނާ އެވެ. މީގެ ތެރެއިން ޝެފް އިސްމާއިލް ތަހުސީން އަދި ޝެފް އަޖުވަދު އަބްދުލް ވައްހާބު، ކޮންމެ ޝެފް އަކު ވަނީ 2 ގޯލްޑް މެޑަލާއި 1 ސިލްވާ މެޑަލް ޙާސިލްކޮށްފައެވެ. ތަހުސީން އަދި އަޖުވަދު ގޯލްޑް މެޑަލް ހޯދީ ބީފް ލައިފް ކުކިންގް ކެޓެގަރީ އަދި ޗިކަން ލައިވް ކެޓެގަރީ އިންނެވެ. ސިލްވާ މެޑަލް ހޯދީ ސީފުޑް ލައިވް ކުކިންގް ކެޓެގަރީ އިންނެވެ.

ދިވެހި ޝެފް ރަޝްފާ އަހުމަދު ބީފް ލައިވް ކުކިންގް ކެޓެގަރީ އިން ސިލްވާ މެޑަލެއް ހާސިލްކުރިއިރު ޝެފް ޝަފާނާ ވަނީ ޑްރެސް ދަ ކޭކް ކެޓެގަރީ އިން ސިލްވާ މެޑަލް ހާސިލްކޮށްފައެވެ.

މީގެ އިތުރުން ޝެފް އިސްމާއިލް ތަހުސީން، ޝެފް އަޖްވަދު، އަދި ޝެފް ރަޝްފާ ވަނީ 4 ކޯސް ގޯމޭ މެނޫ ތައްޔާރުކުރުމުގެ ޓީމް ޗެލެންޖުގައި ބައިވެރިވެ އެންމެ މަތީ މާކުސްއާއެކު ގޯލްޑް މެޑަލް ހޯދައިފައެވެ.

މުބާރާތުގެ ޖަޖުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ވޯލްޑް ޝެފްސް ސެޓިފައިޑް ކޮންޓިނެންޓަލް ޖަޖުން ކަމުގައިވާ ޝެފްސް ފާތުމަތު އުމަރު، ޝެފްސް މުޙައްމަދު އަބްދުﷲ އަދި ރޫކީ ޖަޖު ޝިހާމާ ޝަފީއު ވަނީ ބައިވެރިވެފައެވެ.

ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުން ތަމްސީލްކުރުމަށް އުފެއްދި އެންމެ ފުރަތަމަ އަދި ހަމައެކަނި ނޮން-ޕްރޮފިޓް އަދި ނޮން-ގަވަރންމެންޓް ޖަމިއްޔާއެވެ. އަދި މި ޖަމިއްޔާގެ މަޤްސަދަކީ ރާއްޖޭގައި ކަލިނަރީ ފަންނު ކުރިއެރުވުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މުބާރާތްތަކުގައި މި ޖަމިއްޔާގެ ފަރާތުން ދިވެހި ޝެފުން ބައިވެރިވެ ރާއްޖެއަށް ދަނީ ރީތި ނަން ހޯދައިދެމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި