1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

"ބިއޯންޑް" އިން ދަތުރުކުރާ ފަސިންޖަރުންނަށް އެޕަލް ވިޝަން ޕްރޯ ދެނީ!

TAL-beond-plane-BEOND1023-878cc452b4ef466396069c79a5c59f96
ބިއޯންގެ މަތިންތާބޯޑު ވެލާނާ އިންޓާނޭޝަނަލް އެއަރޕޯޓުގައި
ރިފާޢު ރަޝީދު
6,534ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެޕަލް ވިޝަން ޕްރޯ ބޭނުންކޮށްގެން ފްލައިޓްގައި މުނިފޫހިފިލުވުމަށް ބޭނުންކުރާ ޕްރިމިއަމް ލެޝަރގެ އެންމެ ފަހުގެ ކުރިއެރުން ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ފްލައިޓް " ބިއޯންޑް " އިން ދައްކާލައިފިއެވެ. މި އެކްސްކްލޫސިވް އޮފަރގެ ސަބަބުން ބިއޮންޑްގެ ފްލައިޓްތަކުގައި ހޮވާލެވޭ ފަސިންޖަރުންނަށް ދަތުރުކުރުމުގެ ތަޖުރިބާ އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށް ބިއޯންޑުން ދެކެއެވެ.

Apple-WWCD23-Vision-Pro-rotation-230605.jpg.large_2x

މި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާ ފުރަތަމަ އެއާލައިނަކީ ބިއޮންޑް އެވެ. "ވިޝަން ޕްރޯ" ގެ ވައުދަކީ ފްލައިޓްގައި މުނިފޫހިފިލުވުމުގެ މަންޒަރަށް ބަދަލު ގެނެސް، ފަސިންޖަރުންނަށް މީގެ ކުރިން ދުވަހަކުވެސް ނުކުރާ ފަދަ ހިތްގައިމު ތަޖުރިބާއެއް ހޯދައިދިނުން ކަމަށް ބިއޯންޑް އިން މައުލޫމާތު ދީފައިވެއެވެ. ފިލްމާއި ގޭމްތަކުގައި ބިއޮންޑް ހުއްޓައެއް ނުލަ އެވެ. އެ އެއާލައިނުން އަންނަނީ ރާއްޖޭގައި ހުރި ހިތްގައިމު ރިސޯޓް މަންޒިލްތަކާއި ހިތްގައިމު ހަރަކާތްތައް ދައްކުވައިދޭ ހަގީގަތުގައި ވެސް ހިތްގައިމު ފުޓޭޖެއް ތައްޔާރު ކުރަމުންނެވެ. އެއީ ރާއްޖެ މާކެޓްކޮށް ކުރިއަށް އޮތް ޗުއްޓީގެ ރީތިކަމުގެ ތެރެއަށް ފަސިންޖަރުންނަށް ވެއްދުމަށް ކުރާ ކަމެއްކަމަށް ބިއޯންޑުން ބުނެއެވެ.

300 × 250

ބިއޯންޑް" އަކީ ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ މި ފަދަ ޓޫރިސްޓުންނަށް ލަގްޒަރީ ތަޖުރިބާއެއް ދިނުމުގެ ގޮތުން ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކުރި އެއާލައިނެކެވެ. މި އެއާލައިނުގެ އަމާޒަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އެންމެ ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމެވެ. މި އެއާލައިނުގެ ބޯޓުތައް ފަރުމާކޮށްފައި ވަނީ ބިޒްނަސް ކްލާސް ފެންވަރުގަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ލޯންޗުކުރި މި އެއާލައިނުން މި ދިޔަ ނޮވެމްބަރު މަހު ވަނީ ސައުދީ އަރަބިއްޔާގެ ރިޔާޒް، ޖަރުމަނުގެ މިއުނިކް އަދި ސްވިޓްޒަލެންޑްގެ ޒިއުރިކް އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފަ އެވެ.

މި އެއާލައިނުން މި އަހަރު ތެރޭގައި އިތުރު ގައުމުތަކަށް ދަތުރުތައް ފަށާނެ އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި