1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް ޑރ މުއިއްޒު އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

cuty
ރައީސް އައްޑޫސިޓީ ކައުންސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން
ޝަފްޢަތު ، ހުވަދޫ މީޑީއާ
266ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އައްޑޫ ސިޓީ ކައުންސިލާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެެއްވުން އޮތީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. މި ބައްދަލު ކުރެއްވުމުގައި އައްޑޫ ސިޓީގައި ހިގަމުމްދާ ތަރައްގީގެ މަޝްރޫޢުތަކާއި ގުޅޭގޮތުން ރައީސް މުއިއްޒު މަޝްވަރާ ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.

މި ބައްދަލު ކުރެއްވުމުގައި އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުގެ އިތުރުން އައްޑޫސިޓީ ކައުންސިލްގެ މެމްބަރުންނާއި، ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން، އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

300 × 250

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީއަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ފައިބައިވަޑައިގަތުމާއެކު އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި