ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯރޓްގައި މުޅިން އަލަށް ގާއިމްކުރެވުނު އޭޕްރޯން މިއަދުވަނީ ބޭނުންކުރަން ފަށައިފިއެވެ.

ހަނިމާދޫ އެއާޕޯޓުގައ އަލަން ގާއިމުކުރި އޭޕްރޯންނަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމްދު މުއިއްޒު ގެ އިރުޝާދުގެދަށުން ގާއިމުކުރެވިފައިވާ އޭޕްރޯންއެކެވެ.

މި އޭޕްރޯން 42،000 އަކަފޫޓްގެ ބޮޑު ޖެނެރަލް އޭވިއޭޝަނަށް ބޭނުން ކުރެވޭނެއެވެ. ހަމައެހެންމެ މިއީ ޖެޓް ޕާރކުކޮށް ކުންފުންޏަށް އިތުރު އާމްދަނީ ހޯދުމަށް ލިބިގެންދިޔަ ކުރިއެރުމެއްވެސްމެއެވެ.

މި އޭޕްރޯން ބޭނުން ކުރަން ފެށި ވާހަކަ ސޯޝަލްމީޑިޔާގައި ހިއްސާކުރައްވަމުން އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ހަނިމާދޫ އެއާޕޯޓަށް ލިބިގެންމިދިޔަ ކުރިއެރުން ފާހަގަކުރައްވައި ރައީސް ޑރ މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.