1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަނެއްކާވެސް ގެމަނަފުށީ ޒުވާނުންގެ ތަފާތު ކަމެއް، މިފަހަރު ގެމަނަފުށި އަޅާލީ ކަނޑުއަޑީގައި

Gemanafushi
ގެމަނަފުށީ ޒުވާނުން އިސްނަގައިގެން ކަނޑުއަޑީގައި ހަދާފައިވާ ޑައިވިން ޕޮއިންޓް-- ފޮޓޯ: އައިހަމް
ހުވަދޫ ނިއުސް ޓީމް
1,469ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގއ ގެމަނަފުށީ ޒުވާނުން އެރަށް އިސްތިހާރުކުރުމަށް އަނެެއްކާވެސް ތަފާތު ކަމެއް ކޮށްފިއެވެ.

ގެމަނަފުށްޓަކީ އަބަދުވެސް ރަށުގެ ރީތިކަން ދައްކާލަން ކުޅަދާނަ ޒުވާނުން ތިބި ރަށެކެވެ. ތަފާތު ގޮތަކަށް ރަށް އިސްތިހާރު ކުރުމަކީ އެރަށުގެ ޒުވާނުންނަށް ލިބޭ އުފަލެކެވެ. އެގޮތުން މިފަހަރު އަނެއްކާވެސް މިކޮށްލީ ތަފާތު ކަމެކެވެ. ގެމަނަފުށި މިފަހަރު އަޅާލީ އިގިރޭސިބަހުން ކަނޑު އަޑީގައެވެ.

ސްނޯރކްލިން އަށް ލޯބި ކުރާ ފަރާތްތަކަށް ޔަގީނުންވެސް މިއީ ތަފާތު އަދި ހިތްގައިމު މަންޒަރަކަށް ވެގެންދާނެއެވެ. "ކޮރަލް ގާޑަން" ގެ ނަމުން ނަންދީފައިވާ މި ހިތްގައިމު މަންޒަރަކީ ގެމަނަފުށީ ސަންރައިސް ބީޗް ރީފް އާދިމާލުން މޫދުގަ އެރަށުގެ ނަން އެޅުމަށްފަހު ހަދާލާފައިވާ ޑައިވިންގ ޕޮއިންޓެކެވެ.

300 × 250

gemanafushi

ގެމަނަފުށްޓަކީ ލޯކަލް ޓުއަރިޒަމަށް އެރަށް އިސްތިހާރު ކުރުމުގައި ވަރަށް ބޮޑަށް އިސްކަންދޭ ޒުވާނުންތަކެއް ދިރިއުޅޭ ރަށެކެވެ. އެގޮތުން މީގެ ކުރިންވެސް އެރަށުގެ ޒުވާނުންވަނީ އެރަށުގެ އެކި ސަރަހައްދު ތަކުގައި ހިތްގައިމު މާހައުލުތައް ހަދާފައެވެ. މޫދަށް އެރިލާ އާއިލާއާ އެކީ ވަގުތު ހޭދަކޮށްލަން އެންމެ އެކަށޭނެ ގޮތަކަށް އެތަންތަން ތަރައްގީ ކޮށްފައެވެ. ގިނަ ބައެއްގެ އެހީއާއި އެރަށުގެ ޒުވާނުންގެ ހިތްވަރުންނެވެ.

224704320_4647995075239408_2735502052916029319_n

މިހާރު އެރަށުގެ ޒުވާނުންގެ މިސްރާބު މިހުރީ މުޅިންވެސް ކަނޑުއަޑީގެ މަންޒަރުތަކަށެވެ. އެގޮތުން ދާދިފަހުން އެރަށު ޒުވާނުންތަކެއް ވަނީ އެރަށުގެ މޫދުއަޑީގައި އުދޯއްޔެއްވެސް ހަރުކޮށްފައެވެ. ޒުވާނުންގެ އެއްބާރުލުމާއި ބުރަ މަސައްކަތުން ކަމެއް ކޮށްފިއްޔާ ކޮންމެ ކަމަކީވެސް ކާމިޔާބު ވާނެ ކަމެއްކަން ގެމަނަފުށީ ޒުވާނުން ސާބިތުކޮށްދީފިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި