1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ދެކުނުގެ ހަތަރު އަތޮޅަކަށް

jou
ފޮޓޯ: ރާއްޖެއެމްވީ
ޝަފްޢަތު ، ހުވަދޫ މީޑީއާ
330ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ރާވާފައިވަނީ ދެކުނުގެ ހަތަރު އަތޮޅުގައި ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ދެކުނުގެ ހަތަރު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ގދ. ތިނަދޫގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތަކީ ގެދޮރުވެރިކަން ކަމަށާއި އެ ސިޔާސަތުގެ ދަށުން އެންމެ ގިނަ ޕްރޮޖެކްޓުތައް ހިންގާނީ ސަރަހައްދީ ތަރައްގީގެ ޒޯންތަކުގައި ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ދާނެ އެވެ.

300 × 250

ރައީސް ވިދާޅުވީ އެކި ކަހަލަ ލުއި ފައިނޭންސިން ފެސިލިޓީތައް ހޯދާ ޑިވެލޮޕާ ފައިނޭންސިންއަށް ވެސް ފުރުސަތުތައް ދީގެން ހައުސިން ޕްރޮޖެކްޓުތަކަށް މަގުފަހިވާނެ ކަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ގެދޮރުވެރިކަމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ ދާއިރާކަން ފާހަގަކުރައްވާ އެކަމުގައި ޝައްކު ނުކުރަން ރައްޔިތުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

ދައުރު ނިމޭއިރު ގެދޮރުވެރިކަމުގެ މައްސަލަ ހައްލުނުވާ އެއްވެސް ރައްޔިތެއް ނުހުންނާނެ ކަމަށް ވިދާޅުވާ ވާހަކަ ރައީސް މުއިއްޒު މިރޭ ވެސް ތަކުރާރުކުރެއްވި އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި