އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލާނެކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ތިނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެށިފައި ބައެއް ރަށްރަށުގެ މަސައްކަތް ހުއްޓިފައިވާކަމަށެވެ. އަދި ދެން ހުރި ބައެއް ރަށްރަށުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށްނުދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކުރާ ދަތުރުގައި އެންމެ ބޮޑަށް ލިބޭ ޝަކުވާއަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭ މައްސަލަ. 102 ރަށެއް އެބައޮތް ޚިދުމަތް ނުލިބޭ. އެހެންނަމަވެސް ހުރިހާ ރަށެއްގައިވެސް މަސައްކަތް އޮތީ ފެށިފައި. އެހެންނަމަވެސް މިދައުރުގެ ތެރޭގައި މިއަހަރު ނުވަތަ އަންނަ އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގެ މަސައްކަތް އެއްކޮށް ނިންމާ ޚިދުމަތް ދެވޭނެ." ވަޒީރު ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ކަންކަން ހުރި ނެތްގޮތް ބެލިއިރު، 102 ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބޭކަމަށެވެ. މަސައްކަތް ހުއްޓިފައިވާ 27 ރަށެއް އެބައޮތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ސަރުކާރުން ކޮންޓްރެކްޓަރުންނާއި މަޝްވަރާކޮށް މިވީ މުއްދަތުގެ ތެރޭގައި 3 ރަށެއްގެ މަސައްކަތް ފެށިފައިވާކަމަށާއި، 6 ރަށެއްގެ ފެނާއި ނަރުދަމާގެ ޢަމަލީ މަސައްކަތް ނިންމާ ޓެސްޓުކޮށްފައިވާކަމަށާއި 9 ރަށެއްގެ ޓްރައިލް މުއްދަތު ނިމި ޚިދުމަތްދޭ ފަރާތާއި ޙަވާލުކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފެނާއި ނަރުދަމާގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ލިބޭނެ މަގުފަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާކަމެއްކަމަށެވެ.
ޚިޔާލު (1)
މިރާއްޖޭގަ މިފަހުން އުފެދުނު ހުރިހާ ސަރުކާރަކުންވެސް އެބައެއްގެ ދައުރުގަ ކޮންމެ ބަޔަކުވެސް ފަށައިގެން ނިންމާ ކަމެއް ރައްރަށުގެ ފެނާ ނަރުދަމާއަކީ. މިވާގޮތެއް ނޭނގުނު.