މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ގެ ބޭސިކް ޓްރެއިނިންގނިންމައި ކޯސް ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އިފްތިތާޙްކުރި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ގެ ބޭސިކް ޓްރެއިނިންގ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ކ. މަނިޔަފުށީގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީއްލަތްތަކާ ބެހޭ ވަޒީރު، އަލްފާޟިލް އަޙްމަދު ޝިޔާމެވެ. ވަޒީރު ޝިޔާމްގެ އިތުރުން އެސް.އްމް.އީ ޑިވެލޮޕްމަންޓް  އެންޑް ފައިނޭންސް ކޯޕަރޭޝަންގެ މެނޭޖިންގެ ޑިރެކްޓަރ ޢައިޝަތު ފިފްޝީން ޢަލީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ، މޯލްޑިވްސް ޕޮލިޓެކްނިކް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އަދި މަސްވެރިކަމާއި ކަނޑުގެ ވަސީއްލަތްތަކާ ބެހޭ ވުޒާރާގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީއްލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މި ރަސްމިއްޔާތުގައި ވިދާޅުވީ ކޮމަރޝަލް ލެވެލް އެއްގައި މެރިކަލްޗަރ ސިނާއަތުގައި ޙަރަކާތް ކުރުމަށް ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިވާކަން ފާހަގަ ކޮށްފައިވާ ކަމަށާއި މީގެ އިތުރުން މި ވިޔަފާރި ކުރެވޭ ފަހި މާޙައުލެއް ބިނާ ކުރުމުގެ މަސައްކަތްކުރާނެކަން ވެސް ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެފާއިވެއެވެ. މި ތަމްރީން ޕްރޮގްރާމަކީ  ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަގު ޗާޓުގައި ހިމެނޭ ޙަރަކާތް ކަމުގައިވާ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ. މި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރގެ (މެރިކަލްޗަރގެ) ސިނާއަތެއް ރާއްޖޭގައި ގާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މެރިކަލްޗަރ ދާއިރާއިން މީހުން ބިނާކުރުމެވެ. މި ތަމްރީން ޕްރޮގްރާމުގައި ވީހާވެސް ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށާއި ތަމްރީން ޕްރޮގްރާމްތަކުން ފޯރުކޮށްދޭ މައުލޫމާތާއި ދަސްކޮށްދެވޭ ހުނަރުތަކަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ޤާއިމްކޮށް ތަރައްޤީކުރުމަށް ބޭނުންތެރިކަންކަމަށް ހެދުމަށްޓަކައި ތިރީގައިވާ ދެގޮތަށް ތަމްރީން ދެވޭނެއެވެ.

  • އަސާސީ ނުވަތަ ބޭސްކް މެރިކަލްޗަރ ތަމްރީނު:

މި ތަމްރީނުވުމަށް ބޭނުންވާ ފަރާތްތަކަށް ދިރިއުޅޭ ރަށްތަކަށް ތަމްރީނު ޓީމު ގޮސްގެން ފޯރުކޮށްދެވޭ ތަމްރީނެކެވެ. މިތަމްރީނުގެ މަޤުސަދަކީ ވީހާވެސް ގިނަބަޔަކަށް މެރިކަލްޗަރގެ އަސާސީ ތަމްރޫނުދީ އާމުދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި މެރިކަލްޗަރ މަސައްކަތް ކުރުމަށް މީހުން ޝައުގުވެރިކުރުމެވެ.

  • ވަކި ސްޕީސީޒް އާލާކުރުމަށް ދަސްކޮށްދޭ ތަމްރީނު:

މިތަމްރީނަކީ ދެވޭ ތަމްރީނެކެވެ. މީ ވަކި ސްޕީސީޒު އާލާކުރުމުގެ ހުނަރުތައް ދަސްކޮށް ދިނުމަށްޓަކައި މަނިޔަފުށީ ރިސާރޗް އެންޑް ޓްރޭނިންގް ފެސިލިޓީގައި ދެވޭ ތަމްރީނެކެވެ. އާލާކުރުމަށް ދަސްކޮށްދޭ ވައްތަރުތަކުގެ ތެރޭގައި ފާނަ، ހުއިފިލަނޑާ، މާގަނޑުމަސް، އިތާމުތް ހިމެނޭއެވެ. މިތަމްރީނުތަކުގެ މަޤްސަދަކީ މެރިކަލްޗަރ ސީދާގޮތެއްގައި މަސައްކަތްކުރާނެ މީހުން ބިނާކުރުމެވެ. މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 14 ބައިވެރިން ބައިވެރިވިއެވެ އަދި މި މި ވުޒާރާއިން ވަނީ މީގެ ސިލްސިލާ ތަމްރީނު ތަކެއް ހިންގުމަށް ރާވާފައެވެ.