1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަސްވެރިންގެ އިހުތިޖާޖު ނިމުމަކަށް، ކޫއްޑޫ އޮޕަރޭޝަން އަލުން ފަށައިފި

Screenshot_2024-02-21-22-09-41-694_com.android.chrome-edit
ފޮޓޯ ؛ ވޮއިސް
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,050ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސަރުކާރުން މަސްވެރިންނާއި ކުރެވުނު މަޝްވަރާތަކަށް ފަހު، ކޫއްޑޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖު ނިމުމަކަށް ގެންނަން ނިންމައިފިއެވެ.

މަސްވެރިން މުޒާހަރާ ކުރަމުން ދިޔައީ މަަސްކިރުވާފައި ފައިސާ ނުލިބޭތި އެކަމާ ހިތްހަމަ ނުޖެހުމުގެ ގޮތުންނެވެ.

Screenshot_2024-02-22-22-33-52-626_com.google.android.apps.docs-edit

300 × 250

މަސްވެރިން އިހުތިޖާޖުކުރަން ފެށި ދުވަހު މިނިސްޓަރު ޝިޔާމުވަނީ ށ.އަތޮޅުގައި ހުންނެވުމަށްފަހު ގއއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވައި އެމީހުންގެ ޝަކުވާތައް އަޑުއައްސަވައި ފައިސާ ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މާޗު މަހުގެ 5 ވަނަ ދުވަހުގެ ކުރިން މިހާރު މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް މަސްވެރިންނަށް ދިނުމާއެކު މަސް ކިރުމަށްފަހު ހަފުތާއިން ހަފުތާއަށް ފައިސާ ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގައި ޔަގީންކަން މަސްވެރިންނަށް ދެއްވާފައެވެ.

ޝިޔާމް ހުވަދޫއަށް ވިދާޅުވީ މަސްވެރިންނަށް ދެރަކަމެއް ވިޔަކަ ނުދެއްވާނެ ކަމަށާއި އަދި ކުރިންވެސް ދެންނެވި ގޮތަށް މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މާރޗް 5 ގެ ކުރިން ދީ ނިންމާނެކަމަށެވެ.

އެ ދުވަހު ވައުދުވެވަޑައިގެންނެވި ގޮތަށް މިއަދާއި މާދަމާ 70 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށް އަންނަ ހަފުތާގައި 30 މިލިއަން ރުފިޔާ ދޫކުރުމާއެކު މުޅި ޖުމްލަ 100 މިލިއަން ރުފިޔާ މި މަހުގައި ދޫކުރުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސަވާފައިވާކަން މިއަދު މިނިސްޓަރު ހާމަކުރެއްވިއެވެ.

އަދި އިހުތިޖާޖު ހުއްޓައިލުމާއެކު ކޫއްޑޫގެ އޮޕަރޭޝަންތައް އަލުން ފެށިފައިވާކަމަށް ޝިޔާމު ވިދާޅުވިއެވެ.

ރައީސް އިބްރާހީމުގެ ސަރުކާރުގައި މަސްވެރިންނަށް ފައިސާ ނުލިބިގެން ކޫއްޑޫގައި އަދި ފެލިވަރުގައި މަސްވެރިން އިހުތިޖާޖުކުރަން ފެށުމުން އެ ތަންތަނަށް ފުލުހުން ފޮނުވައި ބާރުގެ ބޭނުންކޮށް ބައެއް މަސްވެރިން ހައްޔަރުކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅި ނަމަވެސް މިފަހަރު މައްސަލަ ހައްލުކޮށްފައިވަނީ ބާރުގެ ބޭނުންނުކޮށް މަޝްވަރާއިންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި