ސްޓެލްކޯ ކައިރީ މަޑުކޮށްގެން އޮތް އެމްޓީސީސީ ބަހެއްގައި ޖެހިފައި ވިއްސައިގެންގޮސް ހަމަ އެ ސައިކަލު ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓު ވެފައި ވަނީ ބޮޑުތަކުރުފާނު މަގު ހުޅަނގުން އިރަށް ދުއްވަމުން އައި ސައިކަލެއް ސްޓެލްކޯ ކައިރީ ބަސް ސްޓޮޕްގައި މަޑުކޮށްގެން އޮތް އެމްޓީސީސީ ބަހެއްގެ ފަހަތުގައި ޖެހިގެންނެވެ. ސައިކަލުން ބަހުގައި ޖެހުމަށްފަހު، މަގުގެ އަނެއް ފަރާތުގައި އޮތް ކާރެއްގައި ވެސް ޖެހިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓް ހިނގާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 08:00 އެހާކަންއިރު ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.