1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޕެނަޑޯލްގަ މައްސަލައެއް ނެތް، ވިއްކައި ބޭނުން ކުރަން ޑްރަގް އޮތޯރިޓީން ހުއްދަ ދީފި

big_2tcRX4QiClFRiU9uro6ARW98T
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު އިއުލާނެއްގައި ވިދާޅުވީ މިއަދުން ފެށިގެން ޕެނަޑޯލް ވިއްކައި ބޭނުން ކުރެވޭނެ ކަމަށް.. ފޮޓޯ: ގޫގަލް
އަހުމަދު ލަޔާން
322ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޕެނަޑޯލް ބޭހުގައި ހުންނަންޖެހޭ މިންވަރަށް ސްޓްރެންތު ހުރި ކަން ލެބޯޓަރީ ތަހުލީލުތަކުން ޔަގީންވެފައިވާ ކަމަށާއި، ބޭހުގައި މައްސަލައެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕެނަޑޯލްގެ 500މިލިގްރާމު ގުޅަ ބޭހުން ފާހަގަވި ކޮލިޓީ މައްސަލައަކީ ބޭސް އުފުލައި ގެންގުޅޭއިރުގަ އަދި ގުދަންކުރުމުގައި މިންގަނޑުތައް ހިފެހެއްޓިފައި ނުވުމުގެ ސަބަބުން ކަމަށެވެ.

ކޮލިޓީ މައްސަލަ ހުރި ޕެނަޑޯލުގެ ބެޗު މިހާރު މާކެޓުގައި ނެތް ކަމަށް އެމްއެފްޑީއޭއިން މައުލޫމާތުދެ އެވެ.

300 × 250

މިފަދަ މައްސަލަތައް ތަކުރާރު ނުވެ، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް އެ އޮތޯރިޓީން ޕަބްލިޝްކޮށް، ބޭސް ވިއްކާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ.

އެގޮތުން މިއަދުން ފެށިގެން ޕެނަޑޯލް ވިއްކުމާއި ބޭނުންކުރުމުގެ ހުއްދަ ކުރިއެކޭ އެއްގޮތަށް ދީފައިވާކަމަށް އެމްއެފްޑީއޭއިން މައުލޫމާތުދެ އެވެ.

ޕެނަޑޯލްގެ ކޮލިޓީ މައްސަލަ ފާހަގަވީ މިދިޔަ ޖެނުއަރީ 30، ގައި ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށް ހަދާ "ޕޯސްޓް މާކެޓް ސާވައިލަންސް ޕްލޭން" ގެ ދަށުން ނެގި ރެންޑަމް ސާމްޕަލްތަކަކުން ޕެނެޑޯލްގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެޓިފައިވާކަން ފާހަގަވުމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި