1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފަހުރުވެރިޝަރަފެއްްް؛ މަރްޙޫމްސާޖަންޓް މުޙައްމަދުއަޙްމަދުދީދީގެ އަތުލިޔުމަށް ފޮންޓެއް!

Screenshot_2024-02-23-03-32-51-465_com.android.chrome-edit
ފޮޓޯ: އެމްއެންޑީއެފް
ޝަފްޢަތު ، ހުވަދޫ މީޑީއާ
498ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެމްއެންޑީއެފް މެޑިކަލް ކޯރގައި މަސައްކަތްކުރެއްވި މަރްޙޫމް ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީގެ އަތުލިޔުން އަސްލަކަށް ބަލައިގެން ދިވެހި ފޮންޓެއް ފަރުމާކޮށްފިއެވެ.

މިއީ ދިވެހިބަހުން ޓައިޕްކުރުމަށް ލިބުނު ކުރިއެރުމެއް ކަން ޔަގީނެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، އާދަމް ނަޞީރު އިބްރާހީމްއެވެ.

300 × 250

މަރްޙޫމް ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީއަށް ނިސްބަތްކޮށް އާންމުކޮށް ކިޔަމުން ދިޔަ ނަން ކަމުގައިވާ "ކޭޑީ" މި ނަން ބޭނުންކޮށްގެން އުފެއްދި ކޭޑީ އަކުރު ފޮންޓް، އާއްމުކޮށްފައި ވަނީ ދިވެހި ފޮންޓްތަކަށް ޚާއްޞަ ޕްރިމިއާ އޮންލައިން މާކެޓްޕްލޭސްގެ ގޮތުގައި 'އަކުރު ޓައިޕް' މިއަދު ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

2023 އޮގަސްޓް 19 ވަނަ ދުވަހު ކުއްލިގޮތަކަށް ނިޔާވި މަރްޙޫމް ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީއަކީ، އަތުލިޔުމުގައި ވަރަށް ހުނަރުވެރި ބޭކަލެކެވެ. މަރްޙޫމް ސާޖަންޓް މުޙައްމަދު އަޙްމަދު ދީދީގެ އަތުލިޔުން އަސްލަކަށް ބަލައިގެން ކޭޑީ ފޮންޓްގެ ނަމުގައި ފޮންޓެއް އުފެއްދުމުގެ މަސައްކަތަކީ އެމްއެންޑީއެފް މެޑިކަލް ކޯރއާއި އެންކްރިއާރ ސްޓޫޑިއޯ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ.

މި ފޮންޓް ޑައުންލޯޑު ކުރެއްވުމަށް http://www.akurutype.com

އަށް ޒިޔާރަތް ކޮށްލައްވާ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި