މަސްވެރިންގެ އުފެއްދުންތަކަށް ހާއްސަ "މަހަ" އޮންލައިން ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

މަސްވެރިންގެ އުފެއްދުންތަކަށް ހާއްސަ "މަހަ" ޕޯޓަލް އިފްތިހާހުކޮށްދެއްވައި ހުޅުއްވައިދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ފިފްޝީނެވެ. އެ ޕޯޓަލް ފަރުމާކުރީ ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން (ބީސީސީ) އިންނެވެ.

ބީސީސީން މައުލޫމާތުދޭގޮތުގައި އެ ޕޯޓަލްގެ މަގުސަދަކީ، ދިވެހިންގެ ފަންނީ އަދި އީޖާދީ ވިސްނުންތަކާއެކު އުފައްދާ މަސްވެރިކަމުގެ އުފެއްދުންތައް އެއް ތަނަކުން ގަންނަން ލިބެން ހުރުމެވެ.
ހުޅުމާލެ ވޯޓާސް އެޖްގައި ބޭއްވި މި ރަސްމިއްޔާތުގައި ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު އަދި ކަމާ ގުޅުންހުރި އިދާރާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހި އުފެއްދުންތައް ކުރިއަރުވައި ރާއްޖެއާއި ބައިނަލްއަގުވާމީ ބަޒާރުގައި ދިވެހިންގެ އުފެއްދުންތައް ކުރިއެރުވުމަށް ބީސީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.