1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހަފުތާ 14 އިގައި ހިމެނޭ 161 ވައުދުގެ 150 ވައުދު ސައްތައިން ސައްތައަށް ފުރިހަމަވެއްޖެ: ރައީސް

rae444
ފޮޓޯ: ޕީއެސްއެމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
235ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"ހަފްތާ 14″އަށް ޚާއްސަކޮށް ވީ ވައުދުތަކުގެ ތެރެއިން 150 ވައުދު 100% ހާސިލް ކުރެއްވިފައި ވާކަމަށާއި، 11 ވައުދުވެސް %80އަށްވުރެ މައްޗަށް ވަނީ ހާސިލް ކުރެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިރާ ކުރިޔަށްދާ "އަހާ" ފޯރަމްގައި އާންމު ފަރުދަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިރޭގެ ފޯރަމްގައި، ރާއްޖޭގެ ގާނޫނީ ނިޒާމް އޮންނަ ގޮތުން އެއްބާރު އަނެއް ބާރަށް ފާރަވެރިވާން ޖެހޭނެ ކަން ފާހަގަކުރުމާއެކު ރައީސް ވިދާޅުވީ، އެއްވެސް އަސާސެއްނެތި މަޖިލިހުގެ ތެރޭގައި ހިނގަމުންދާ ކަންކަމަށް ރިއާޔަތްކޮށް، މަޖިލިސް އޮންނާނީ ކޮންގޮތަކަށްތޯ ނިންމާނީ ރައްޔިތުން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

300 × 250

މިރޭގެ ފޯރަމްގައި ރައީސް މުއިއްޒު ވިދާޅުވީ، "ހަފްތާ 14″އަށް ޚާއްސަކޮށް ވީ ވައުދުތަކުގެ ތެރެއިން 150 ވައުދު 100% ހާސިލް ކުރެއްވިފައި ވާކަމަށާއި، 11 ވައުދުވެސް %80އަށްވުރެ މައްޗަށް ވަނީ ހާސިލް ކުރެވިފައި ކަމުގައެވެ.

މިގޮތަށް މަސައްކަތް ކުރަމުންދާއިރުވެސް އެއްވެސް އަސާސެއް ނެތި މަޖިލިހުން ވަޒީރުންނަށް ރުހުން ނުދިނުމާއި، ރައީުލްޖުމުހޫރިއްޔާ އަޒުލް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން އިންޑިއާ ސިފައިން ރާއްޖެއިން ގެންދިއުމަށް ނިންމާ، ބޭއްވުނު ބައްދަލުވުންތަކުގެ މިނިސްޓްގައި ސޮއި ކޮށްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރު ޕާފޯމް ކުރަމުންދާއިރު، އަދި ހުރިހާކަމެއް ރަގަޅަށް ބައްޓަން ކުރަމުންދާއިރު، އެއަށް ބާރު ލިބިދޭގޮތަށް މަޖިލިސް ބައްޓަން ކުރާނީ ރައްޔިތުން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިހާރު އޮތް މަޖިލިސްގެ ތެރެއިންވެސް ކަންކަން ކުރުމަށް ގާނޫނުތައް ފާސްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިހާރު ކުރަމުންދާ ދަތުރުތަކުގެތެރެއިން އެންމެ ގިނައިން އަންނަ ސުވާލަކީ ޑަބްލިއުޑީސީގެ ކިބައިން އައި ޝަކުވާއަކީ ރޯދަ އެލަވަންސް ނުލިބުންކަމަށާއި، ވިހެއުމުގެ ޗުއްޓީވެސް ނުލިބޭ ކަމަށާއި، ބޭންކު ލޯނުތައްވެސް ނުލިބޭ ކަމުގެ ޝަކުވާ ކަމަށެވެ.

އަދި އެކަންވެސް މީގެކުރިންވެސް މަސައްކަތް ކޮށްގެން ކާމިޔާބު ނުވެފައިކަަމަށާއި، އެއީ ގާނޫނަށް ގެންނަންޖެހޭ ކުޑަކުޑަ އިސްލާހެއް ކަމަށާއި، އެކަންކަންވެސް ކުރެވެން އަންނަނީ މަޖިލިހުގެ ތެރެއިންކަމަށެވެ. އެކަންކަން ކުރުމުގެ ފުރުސަތު ފަހކޮށްދޭންޖެހެނީ ރައްޔިތުން ކަމުގައި ރައީސް ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި