މާރިޗް މަހުގެ އެކަކުން ފެށިގެން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށް ދާ އަަހާ ފޯރަމްގެ ތެރެއިން އާންމު ރައްޔިތަކު ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑު ވާނީ ކޮންއިރަކުތޯ އާއި ފުލުހުންނާއިސިފައިންނަށް ލިބެން ހަމަޖެހިފައިވާ ފުލެޓުތައް ލިބޭނީ ކޮންއިރަކުންތޯ ކޮށްލި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ފުލުހުންނާއި ސިފައިން ގެވެސް މުސާރަ ބޮޑުކުރައްވާނެކަމަށާއި މާރިޗްމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މުސާރަ ބޮޑުވެގެންދާނެކަމަށެވެ.
މިރޭގެ ފޯރަމް ގައި ރައީސް ވަނީ ރައްޔިތުންގެ އެކިކަހަލަ ކަންބޮޑުވުންތައް އަޑުއައްސަވައި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.
އެގޮތުން ބިމާއި ގޯތިތަކުގެ ދަތިކަން ހައްލުކޮށްދެއްވުމަށް މި ފަސްއަހަރުތެރޭ ރާއްޖޭގެ ހުރިހާ އެންމެނަށްވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.