1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސީދާ ރައީސަށް މައްސަލަތަކާއި ޝަކުވާތައް ހުށަހެޅޭނެ ހާއްސަ ޕޯޓަލް އިފްތިތާހުކޮށްފި

54g
ފޮޓޯ: ޕީއެސްއެމް
ޝަފްޢަތު ، ހުވަދޫ މީޑީއާ
371ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސީދާ ރައީސުލްޖުމްހޫރިއްޔާއަށް، މައްސަލަތަކާއި ޝަކުވާ ހުށަހަޅަން ފުރުސަތު ލިބޭ ޕޯޓަލް އިފްތިތާހު ކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާހު ކޮށްދެއްވީ، މިރޭ ކުރިޔަށްދިޔަ "އަހާ" ފޯރަމްގަ ރައީސް މުއިއްޒުއެވެ.

މި ޕޯޓަލް އިފްތިތާހު ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމުގެ ވައުދަކީ ފާއިތުވި ރިޔާސީ ކެމްޕޭންގައި ވީ ވައުދެއް ކަމުގައެވެ.

300 × 250

އެގޮތުން އޮންލައިންކޮށް ހުޅުވާލި ޕޯޓަލްއިން ރައްޔިތުންނަށް ކޮންމެކަމެއްގެ ވާހަކަވެސް އެއްސެވޭނެ ކަމަށާއި، އެ ކަންކަމަށް ޖަވާބު ދެއްވާނީ ސީދާ އެކަނިކުފާނު ކަމުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ބޭނުންފުޅު ވަނީ ޖަވާބު ދާރީވެވޭ ނިޒާމެއް ކަމުގައެވެ.

އަދި އެއްވެސް ރައްޔިތަކު ޖަވާބު ނުލިބި، އޮޅުމެއްގެ ތެރޭގައި ހުންނަން ނުޖެހޭނެ ކަމަށާއި، ރައްޔިތުންނަށް ޖަވާބު ދެވުމުން ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް ކަންކަން ގެންދެވޭކަމުގެ ހިންހަމަޖެހުން ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސުވާލެއް ވިޔަސް، ޝަކުވާއެއް ވިޔަސް، ސަރުކާރާ ހަމަޔަށް ގެނައުމުން، ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާ އަދި އެނޫން ފަރާތްތަކާ މަޝްވަރާކޮށްގެން އެ ސުވާލެއްގެ ޖަވާބު ހޯއްދަވާ ދެއްވާނެކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި