ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދާކަން ހަމަކޮށްފިއެވެ.
މިކަން ހާމަކުރައްވާ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނި، އެމްޓީސީސީއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ބުނީ އެ ސަރަހައްދުގައި މިހާރު ކުރިއަށްދަނީ، ކޮންކްރީޓް ފުޓިންގް އެޅުމަށް ބޭނުންވާ ފްރޭމްވޯކް ހެދުމުގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 7,800 އަކަފޫޓުގެ ސަރަޙައްދެއްގައި 2 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބިންގަނޑު ކޮނުމާއި، މޭސަނަރީ، ކޮންކްރީޓް މަސައްކަތް ކުރުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދުލުމާއި، ދަގަނޑު މަސައްކަތްތަކާއި ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތައް ކުރުން ހިމެނެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ސިއްހީ މަރުކަޒުގެ އައު އިމާރާތް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވާދެއްވީ ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.