ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއައިޓީޑީސީން އަހަރަކު އެއް ފަހަރު، ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ބައިނަލްއަޤްވާމީ ޔޮޓްރެލީ ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ހއ.ހޯޑެއްދޫން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ހޯޑެއްދޫއަށް ސަވާދީއްތައިގެ ބައިވެރިން ދިއުމާއެކު ދިވެހި ސަޤާފީ ބޮޑުބެރުން ވަނީ މަރުހަބާ ކިޔައިފައެވެ. އަދި އެރަށުގެ ތާރީޚު ދައްކުވައިދޭ ޑްރާމާއެއް ހުށަހަޅައިދިނުމާއި، ބަންޖާއި ރައިވަރުވެސް ވަނީ ކިޔައިފައެވެ.
ސަވާދީއްތައިގެ ބައިވެރިންވަނީ ހެނދުނުގެ ވަގުތުގައި ހުވަދޫގައި ކައިރިކައިރީގައި އޮންނަ ރަށްތަކަށް މޫދުން ހިނގާފައި ގޮސްފައެވެ. ހޯޑެއްދޫން ދިގެރެހާއަށް މިބައިވެރިން ހިނގާފައި ދިޔައެވެ. ރޭގަނޑުގެ ވަގުތުގައި ބައިވެރިންނަށް ވަނީ ބޮޑުބެރާއެކު ޝޯއެއް ހުށަހަޅައިދީފައެވެ. ހޯޑެއްދޫގައި ބައިވެރިން ހޭދަކުރި 2 ދުވަހުގެ ތެރޭގައި އެ ރަށުގެ ތާރީޚީ ތަންތަން ވަނީ ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ދައްކާލައިފައެވެ.
މިއީ "ސަވާދީއްތަ ދަތުރު"ގެ 3 ވަނަ ދަތުރެވެ. މި ދަތުރު ކުރިއަށްދާނީ މިމަހުގެ 29ގެ ނިއަލަށެވެ. މި ދަތުރުގެ ތީމަކީ "މޯލްޑިވްސް - އަ ސްމޯލް ކަންޓްރީ ވިތް އަ ބިގް ހާރޓް" އެވެ.
10 ޔޮޓަކުން 55 ދަތުރުވެރިން ބައިވެރިވާ ގޮތަށް ސަވާދިއްތަ ދަތުރު ފެށީ މާލެ އަތޮޅު ކުޑަގިރިން މިމަހުގެ 10 ވަނަ ދުވަހުއެވެ. ރެލީގައި ބައިވެރިވަނީ އޮސްޓްރޭލިޔާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ފިންލޭންޑާއި ޔޫއޭއީގެ ޔޮޓުތަކެވެ. ދަތުރުގެ ބައިވެރިން އެންމެ ފުރަތަމަ މަޑުކޮށްފައިވަނީ ވ.ފުލިދޫގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.