1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކައިޒީން ހުށަހެޅި ބޯޓުގެ މައްސަލަ: ބައްޕަގެ ބޯޓެއް ކަމަށް ހުކުމްކޮށްފި

Screenshot_2024-02-27-14-16-52-952_com.miui.gallery-edit
ކައިޒީން އާއި އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅު
ޝަފްޢަތު ، ހުވަދޫ މީޑީއާ
354ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) ސިވިލްކޯޓަށް ހުށަހަޅާފައިވާ ބޯޓުގެ މައްސަލައިގެ ފަހުގެ ޝަރީއަތުގައި، އެ ބޯޓަކީ ކައިޒީންގެ ބޯޓެއް ކަމަށް ކަނޑައެޅެން ނެތް ކަމަށާއި އެބޯޓަކީ އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅު ގެ ބޯޓެއް ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކައިޒީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ބޯޓު ގަތުމުން، ކައިޒީންގެ ރުހުން ނެތި ބައްޕަގެ ނަމުގައި ބޯޓު "މިހިރީ ނަންބަރު 5" ނަމުގައި ރަޖިސްޓަރީ ކުރި ކަމަށް ބުނެ ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަން މައްޗަށް ބަދަލުކޮށްދިނުމަށް އެދިއެވެ.

އެގޮތުން ސިވިލް ކޯޓުގައި ކައިޒީން އެދުނީ ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީން ކަމަށް ކަނޑައަޅައި ދިނުމަށާއި ބޯޓުގެ ރަޖިސްޓަރީ އޭނާގެ ނަމަށް ބަދަލުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދީ، ބޯޓުގައިވާ ހުރިހާ ތަކެއްޗާއެކު، ތިން ދުވަހުގެ ތެރޭގައި ބޯޓު އޭނާއާ ހަވާލު ކޮށްދިނުމުގެ އިތުރުން މައްސަލަ ވަކި ގޮތަކަށް ނިމެންދެން އޭނާގެ ރުހުން ނެތި ބޯޓު ކުއްޔަށް ދިނުމާއި ވިއްކާލުން މަނާކުރުމަށް އަމުރެއް ނެރެދިނުމަށެވެ.

300 × 250

އެއާ ގުޅިގެން ސިވިލް ކޯޓުން ވަނީ ބޯޓުގެ މިލްކުވެރިކަން ބަދަލު ނުކުރުމަށާއި ކުއްޔަށް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކައިޒީންގެ ބައްޕަ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފަ އެވެ.

އެއަށްފަހު މިމަހު 25 ވަނަ ދުވަހު، އެ މައްސަލައިގެ ހުކުމް، ކައިޒީންގެ ބައްޕަގެ ގައިރު ހާޒިރުގައި ސިވިލް ކޯޓުން ކޮށްފައިވާއިރު، އެކޯޓުން ވަނީ "މިހިރީ ނަންބަރު 5" ބޯޓަކީ ކައިޒީންގެ ބޯޓެއް ކަމަށް، ބޯޓެއް ކަމަށް ކަނޑައެޅެން ނެތް ކަމަށް ހުކުމް ކޮށްފައެވެ.

އަދި އެ ބޯޓު ގަތީ ކައިޒީންގެ ލާރިން ކަމަށް އޭނާ ބުނި ނަމަވެސް، އެއީ އޭނާގެ ލާރިން ގަތް ބޯޓެއްކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.

އެ މައްސަލައިގައި މީގެ ކުރިން އިބްރާހީމް އަލިފުޅުގެ ފަރާތުން ބުނެފައި ވަނީ، ބޯޓު ގަނެފައި ވަނީ ކައިޒީންގެ ފަރާތުން އޭނާއާ އެ މަސައްކަތް ހަވާލުކޮށްގެން ކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނާނީ އިބްރާހީމް އަލިފުޅުގެ ނަން ކަމަށެވެ. އެހެންކަމުން އެ ބޯޓު ގަނެފައި ވަނީ އޭނާ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަން އެނގޭ ކަމަށް ބުނެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި