ދިވެހި ފުލުހުންނަށް ތަމްރީނު ޕްރޮގްރާމުތައް ފަހި ކުރުމަށް އޮސްޓްރޭލިއާއެކު މަޝްވަރާކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރައްވާފައިވާ ގޮތުގައި މި ކަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް އާއި ސްރީލަންކާގެ ކޮލަމްބޯގައި ހުންނަވާ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އޭއެފްޕީގެ ސީނިއާ ލިއޭޒަން އޮފިސަރު ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ކެތަރިން ޕޮލްކިންހޯން އާ އެކު ކުރިއަށް ގެންދެވި ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވަނީ މަޝްވަރާކުރައްވާފައެވެ.
ހަަމަ އެހެންމެ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ތަޙުޤީޤުކުރުމުގެ ދާއިރާއިން ފޯރުކޮށްދޭ ތަމްރީނު ޕްރޮގްރާމްތަކާއި، ފޯރުކޮށްދީފައިވާ ވަސީލަތްތަކުގެ އިތުރުން ފަންނީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާ ކަމަށް ފުލުހުންގެ ފަރާތުން ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުން، ކުރިމަގުގައި ދެ މުއައްސަސާ ގުޅިގެން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާއި، ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމާ ގުޅޭގޮތުންނާއި، ގުޅިގެން ކުރިއަށްގެންދެވިދާނެ އެހެނިހެން ހަރަކާތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.