ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ ސޮފްޓްވެއާ “ކޭލި'' އިފްތިތާހުކޮށްފިއެވެ.
އެ ސްފޮޓްވެއާ ތައާރަފްކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާނެވެ. މި ސޮފްޓްވެއާ އަކީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަމުން އަންނަ ސްޕީޗު ޓު ޓެކްސްޓު ސޮފްޓުވެއާ އާއި އެއްފަދަ ސޮފްޓުވެއާއެކެވެ.
އެކަމާ ގުޅިގެން މުއުތަސިމް ވިދާޅުވީ މިއަދު އެ އިފްތިތާހް ކުރެވުނު ''ކޭލި'' ސޮފްޓްވެއާގެ ސަބަބުން ޝަރުއީ ދާއިރާއަށް ގިނަ ގުނަ ފައިދާތަކެއް ވާނެ ކަމަށާއި ޝަރީއަތްތައް ހިންގައި ނިންމުމުގައި ފަސޭހަކަން ފަނޑިޔާރުންނަށް އިހުސާސްކުރެވިގެންދާނެ ކަމަށެވެ. އަދި އެ ސޮފްޓްވެއާ ޑިވެލޮޕެކުރުމުގެ މަސައްކަތްކުރީ އިންޓެލިއާ ޕާޓްނާޝިޕްގެ ޑިވެލޮޕަރުންނެވެ. ''ކޭލި''، ސްޕީޗް-ޓު-ޓެކްސްޓް ސޮފްޓްވެއާ ބޭނުން ކުރަން ފެށުމާއެކު، ރެކޯޑިންތައް އަކުރުން އަކުރަށް ލިޔުމަށް ހޭދަވާ ވަގުތު އެތައް ގުނައަކަށް ކުޑަވާނެއެވެ.
މީގެއިތުރުން ކޯޓުތަކުގައި ހަލުވިކަމާއެކު ދުވަހުން ދުވަހަށް ބަޔާންތައް ނިންމުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. އަދި، ކޯޓުތަކުގައި ހިންގާ ޝަރީއަތްތަކުގެ މަޙްޟަރު ބަޔާންތައް ނުލިޔެވުމުގެ ސަބަބުން، ޝަރީއަތްތައް ލަސްވާ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ދާނެއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.