މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީގެތަރައްގީ އަށް އެރަށު ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަންދެއްވައިގެން ކަންކަން ކުރިޔަށް ގެންދަވާނެ ކަމުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަލިފުށީ ކައުންސިލާ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސަރަޙައްދަށް ބިން އިތުރުކުރުމާއި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް ހިމެނެއެވެ. އަދި ކުނިމެނޭޖްކުރުމުގައާއި ކަރަންޓުދިނުމުގައި ހުރި ދަތިތައް ވެސް ހިމެނެއެވެ.
މީގެ އިތުރުންވެސް ސިއްހީ ދާއިރާއިން ބޭނުންވާ ކަންކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއިރު، އ.ތ.މ ކޮމިޓީން ވަނީ އެކޮމިޓީގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމުގެ މައްސަލަ ފާހަގަކުރައްވާފައެވެ. އަދި އެކޮމިޓީތަކުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް އެކަށީގެންވާ މާހައުލެއް ނެތްކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަންދެއްވައިގެން ކަންކަން ކުރިޔަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.