ހ. ސަންގުރޭޒް ގޭގައި އަލިފާން ރޯވީ އަވަނެއް އޯވާ ހީޓް ވެގެން ކަމަށާއި އެ ހާދިސާއާއި ގުޅިގެން ތިން މީހަކަށް ފަރުވާ ދެމުންދާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. ސަންގުރޭޒް ގޭގެ ފުރަތަމަ ފަންގިފިލާފައި އަލިފާނުގެ ހާސިާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 6:06 ހާއިރުއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވީ އެ އިމާރާތުގައި ހުރި އަވަނެއް އޯވާ ހިޓްވުމުގެ ސަބަބުން ކަމަށެވެ. އަދި މި ހާސިާގައި ބިދޭސީއެއްގެ ފައި ފިހި، ދުމުގެ އަސަރުކޮށް ދުވަސްވީ އުމުރުފުރާގެ ދެ ދިވެއްސަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވެފައި ވެއެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންގެ މަސައްކަތުން، 18:23 ހާއިރު ވަނީ އަލިފާން ކޮންޓްރޯލްކޮށްފައެވެ. ރޯވެފައި ވަނީ ބިދޭސީން އުޅޭ ތަނެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެެވެ. އަދި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ.