ޑރ ފާތިމަތު މުނާ ލިޔުއްވާފައިވާ ފޮތް "ދަ ޕަވަރ އޮފް އޮޕްޓިމިސްޓިކް ތިންކިންގ ޓު ޓްރާންސްފޯމް ޔުއަރސެލްފް،" މިއަދު ހަވީރު ބާޒާރަށް ނެރެފިއެވެ. މިއަދު ހަވީރު ސޮލައިޓް ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ރަސްމީކޮށް ލޯންޗުކޮށްދެއްވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް )އެމްއޭއެޗްއާރްޕީ)ގެ ވައިސް ޕްރެސިޑެންޓް އަފީފް ހުސައިން އެވެ. ފޮތް ނެރުމަށްފަހު ފޮތުގެ މުސައްނިފް ޑރ ފާތިމަތު މުނާ ވަނީ ފޮތާ ބެހޭ ގޮތުން ވާހަކަދައްކަވާފައެވެ. މުނާ ވިދާޅުވި ގޮތުގައި މި ފޮތަކީ ކޮންމެ ފަރުދަކަށް ބޭނުންތެރި މައުލޫމާތު ތަކެއްގެ ގޮތުގައި ވަކިވަކި ފަރުދުންނަށް، އަންހެނުންނާ ފިރިހެނުންނަށް، ޒުވާނުންނާއި ކުދިބޮޑު އެންމެންނަށް، ހާއްސަވާ ފޮތެކެވެ. އޭނާގެ ބޭނުމަކީ މި ފޮތުހެ އެހީގައި، ކިޔާ ފަރާތްތަކުގެ ވިސްނުން ބަދަލުކޮށް އަމިއްލަ ނަފުސާމެދު އޮންނަ ލޯބި އިތުރުވެ ވިސްނުން ހަރުދަނާވެ، ލިބޭ ފިލާވަޅުތަކުގެ އަލީގައި ދިރިއުޅުމާގެން ކުރިއަށް ދިއުން ކަމުގައި ޑރ މުނާ ވިދާޅުވިއެވެ.
"މި ފޮތުގެ ބޭނުމަކީ މި ފޮތުގެ އަލީގައި ތިމާގެ އަމިއްލަ ނަފުސު ބިނާކޮށް ކަންކަމުގައި ކުރިއަށް ދިއުމަށް ހިއްވަރަކަށް ވެދިނުން. އަދި މިފަދަ ފޮތެއް ލިޔުމުގެ މައިގަނޑު މަޤްސަދަކީ، މި ފޮތުގެ ސަބަބުން ތިމާވިސްނާ ވިސްނުން ބަދަލުކޮށް އަމިއްލަ ނަފުސާމެދު އޮންނަ ލޯބި އިތުރުކޮށް ޕޮސިޓިވް ވިސްނުމަކަށް މީހާގެ މައިންޑް ސެޓްކުރުން.. މި ފޮތުގެ ސަބަބުން ދަރުސްތަކެއް ލިބިގެން ދިޔުން... ލިބޭ ފިލާވަޅުތަކުގެ އަލީގައި ކަންކަމުގައި ކުރިއަށް ދިއުމަށް ހިތްވަރެއް ލިބުން..." ޑރ ފާތިމަތު މުނާ
ޑރ މުނާ ވިދާޅުވި ގޮތުގައި މީހާ ދަތުރުކުރާ މިސްރާބުގެ ބޭނުންވާ އަމާޒަށް ވާސިލްވުމަށް ކޮންމެހެން ތިމާއަކީ މުއްސަނދި މީހަކަށްވާން ޖެހޭ ކަމަށް މުނާ ގަބޫލެއް ނުކުރައްވައެވެ. އަދި އެފަދަ މަންޒިލަކަށް ވާސިލުވުމަށްޓަކައި އަބުއި ނުވަތަ ބޮޑު އާއިލާގެ މީހަކަށްވެސް ވާންޖެހޭ ކަމަކަށް އަދި ހަމައެހެންމެ ތިމާގެ ފަހަތުގައި ކޮންމެ ކަމަކަށް ތިމާއަށް އެހީތެރިވާނެ މާގިނަ ބަޔަކު ނުވަތަ އެކުވެރިންތަކެއް ވެސް ތިބުން ލާޒިމުކަމަކަށް މުނާ ގަބޫލެއް ނުކުރައްވައެވެ. އަދި ހަމައެހެންމެ ތިމާގެ އުފާތަކާ އުންމީދުތައް ޙާޞިލް ކުރުމަށް އެހެންމީހަކަށް ބަރޯސާ ވާކަން ވެސް ނުޖެހޭ ކަމަށާއި އަދި ދެރަކަމެއް ދިމާވާ ކޮންމެފަހަރަކު ތިމާއަށް އެހީތެރިވާން ބަޔަކު ފަހަތުގައި ތިބޭކަށް ނުޖެހޭނެކަން ގަބޫލުކުރައްވާކަމަށް ވެސް މުނާ ވަނީ ވިދާޅުވެފައެވެ.

މުނާ ވިދާޅުވި ގޮތުގައި ހުދު އެކަމަނާއަކީ މިސާލެކެވެ. "ވިސްނުން ބަދަލުކޮށް ކުރިއަށްދާން މަސައްކަތްކޮށްފި ނަމަ ކާމިޔާބުވާނޭ ކަމުގެ ހެތްކެއް އަޅުގަނޑަކީ ވެސް އިނގޭތޯ؟... އާދެ! އަޅުގަނޑުގެ ޢާއިލާއަކީ، މުއްސަނދި ޢާއިލާއެއް ނުން... ޝާހީ ޢާއިލާއެއް ނުން... ބޮޑު ޢާއިލާއެއް ނޫން... އެކަމަކު އަޅުގަނޑުގެ ލޮބުވެތި މައިންބަފައިންނަކީ މުއްސަނދި ހިތްތަކެއްގެވެރި ބައެއް... އަޅުގަނޑުމެންނަށްޓަކައި ތެދުވެރިކަމާ އެކު އެތަކެއް ޤުރުބާނީއެއްވި ބައެއް..." "ޤަބޫލު ކުރާ ހިތް އޮތީ މިފޮތުގައި ހުރި ޤަބޫލު ކުރުންތަކަކީ އަޅުގަނޑުގެ ދިރިއުޅުމުގައި ދިމާވި ދަތި އުދަގޫ ވަގުތުތަކުގައި އެ ހާލަތު ބަދަލުކޮށް ދިރި އުޅުމާއިގެން ކުރިއަށް ދިއުމަށް ވިސްނުން ގެންގުޅުނުގޮތްތައް އަދި ފަހި ދިރިއުޅުމެއް ހޯދުމަށް، އަމިއްލަޔަށް މަސައްކަތް ކޮށްގެން ކުރިއަށް ދިއުމަށް ކޮށުނު މަގެއްގެ ގޮތުގައި..." ޑރ މުނާ ވިދާޅުވިއެވެ. "އާދެ! އަޅުގަނޑު މިފޮތުން ދޭން ބޭނުންވާ މެސަޖަކީ އަންހެނަކަސް ފިރިހެނަކަސް ވިސްނުން ބަދަލުކޮށް ގަދައަޅައި މަސައްކަތް ކޮށްފި ނަމަ ކާމިޔާބު މީހަކަށް ވެވިދާނެކަން... ތިމާއަކީ އަންހެނެކޭ ނުވަތަ ފިރިހެނެކޭ، ފަގީރެކޭ، ނިކަމެއްޗެކޭ، އެހީތެރިވާނެ ވާލެއް އިޔާރެއް ނެތޭ ހީކޮށް ބޭނުންވާ ކަމެއް ޙާޞިލް ކުރުމަށް މަސައްކަތް ނުކޮށް ނުހުރުން.... ފަހި ވިސްނުމަކާއެކު ހިފަހައްޓަން ޖެހޭ ހަމަތަކުގައި ހިފަހައްޓައިގެން ހިތްވަރާއި ޢަޒުމާ އެކު ގަދައަޅައި މަސައްކަތް ކޮށްފިނަމަ ތިމާ ބޭނުންވާ އަމާޒަށް ވާސިލުވެވޭނެކަން...." މި ފޮތް "ދަ ޕަވަރ އޮފް އޮޕްޓިމިސްޓިކް ތިންކިންގ ޓު ޓްރާންސްފޯމް ޔުއަރސެލްފް،" ނެރުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ގާތްގަނޑަކަށްހެން ހުރިހާ ފަރާތްތައްވެސް ޑރ މުނާގެ މި މަސައްްކަތް ބަލައިގަނެ މި ފޮތް ގަނެފައިވާކަން ފާހަގަކޮށްލެވެއެވެ. މިފޮތް މާލޭގެ ހުރިހާ ފޮތްވިއްކާ ފިހާރައަކުން ލިބެން ހުންނާނެކަންވެސް ފާހަގަކޮށްލަމެވެ. މި ފޮތް ނެރެދެއްވި އަފީފު ހުސައިން އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް އާއި މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަންގެ ފައުންޑަރ މެމްބަރެއްގެ އިތުރުން މިހާރު ވެސް އެ ދެ އެސޯސިއޭޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަފީފަކީ މުޖުތަމައުގެ އެހީތެރިކަން ފޯރުކޮށްދެއްވާ އަދި ގައުމުގެ ކުރިއެރުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އަފީފަކީ ހާވާޑް ބިޒްނަސް ސްކޫލް، އެގްޒެކެޓިވް އެޑިއުކޭޝަން، އެގްޒެކެޓިވް އެމްބީއޭ ކްލާސް އޮފް 2016/2017 އިން ގްރެޖުއޭޓް ވެފައިވާ ބޭފުޅެކެވެމ އަފީފް ވަނީ ލީޑިން ލަކްސް،ރިސޯޓްސް އެންޑް ހޮޓެލްސްގެ ސީނިއާ ޑައިރެކްޓާ އޮފް ޓެލެންޓް، ކަލްޗާ އެންޑް ކޮލިޓީ އެޝުއަރެންސް ވެސް ފުރުއްވާފަ އެވެ. އަފީފަކީ ހޮޓާ ހިންގެވުމާއި ހިދުމަތް ދެއްވުމުގައި މާހިރެކެވެ. އެޗްއާރް ޖެނަރަލިސްޓް އަދި އެލް އެންޑް ޑީ ސްޕެޝަލިސްޓެއްގެ ގޮތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަފީފް ވަނީ ހަ ގައުމެއްގައި މަސައްކަތް ކުރައްވައި، ސާވިސް އެކްސެލެންސް، ލީޑާޝިޕް، އޯގަނައިޒޭޝަނަލް ބިހޭވިއާ އަދި ޕާފޯމަންސްގެ ދާއިރާއިން 50 އަށް ވުރެ ގިނަ ގައުމުގައި ވާހަކަ ދައްކަވާފަ އެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.