1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އަސާސީ ކާބޯތަކެތީގެ އަގުތައް ހެޔޮކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ރައީސް ވިދާޅުވެއްޖެ

Raees-ge-javaabu-qkzx13r5o7qds3sfzjmj6th5ep5dk4berosdwig6fo
ފޮޓޯ: ރައީސް އޮފީސް އެކްސްޕޯސްޓް
ޝަފްޢަތު ، ހުވަދޫ މީޑީއާ
401ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަހަރުގެ ރޯދަ މަސް މާދަމާ ފެށޭއިރު، އެސްޓީއޯ މެދުވެރިކޮށް އަސާސީ ކާބޯތަކެތ އަގުތައް ހެޔޮކުރެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާ ގޮތެއްގައި ސޯޝަލްމީޑިއާގައި ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު"ގައި އާއްމު މީހަކު ހުށައެޅި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކާބޯތަކެތީގެ އަގުތައް ހެޔޮ ކުރެއްވުމަށް ސަރުކާރުން ޚާއްޞަ ގޮތެއްގައި އިސްކަން ދެއްވާކަމަށެވެ. މިގޮތުން، ބަރަކާތްތެރި ރަމަޟާން މަސް ފެށިގެންދާއިރުގައި އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

300 × 250

މީގެ އިތުރުން ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި އުފެއްދޭނެ ކާބޯތަކެތި ރާއްޖޭގައި އުފައްދައި މާކެޓަށް ނެރުންކަމާއި، އެކަމުގެ ސަބަބުން ކާބޯތަކެތީގެ އަގުތައް ހެޔޮވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހުރިހާ ސަރުކާރެއްގައިވެސް ޚާއްޞަކޮށް ރަމަޟާން މަހު ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔަ ނުދިނުމަށްޓަކައި ސަރުކާރުގެ ކުންފުނި އެސްޓީއޯ މެދުވެރިކޮށް މުދާ އެތެރެކޮށް ފިޔަވަޅުތައް އަޅައެވެ. މިގޮތުން ޚާއްޞަ ގޮތެއްގައި ފިޔާ އަލުވި އަދި ބިހުގެ އަގުތައް މަތިވެގެން ދިޔަ ނުދިނުމަށްޓަކައި އެބާވަތްތައް އެސްޓީއޯއިން އެތެރެކޮށް ހެޔޮއަގުގައި މާކެޓަށް ނެރެއެވެ.

މިއަހަރުގެ ރަމަޟާން މަސް މާދަމާފެށޭއިރު އާއްމު އަސާސި ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ތެލާއި ކިރުގެ ބާވަތްތައް އަދި ލުނބޯގެ އަގުތައް ވަނީ އުފުލިފައެވެ. އެހެން ނަމަވެސް ބާޒާރުގައި ކަރާ ތިޔާގިވެ ކަރާގެ އަގުވެއްޓިފައި ވީނަމަވެސް، ފަނިގިރުމަށް ބޭނުންކުރާ، ރޯ މޭވާގެ ބާވަތްތަކާއި ކުރުނބާގެ އަގުތައް ވަނީ މައްޗަށް އަރާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި