1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލޭގެ މަގުތަކުން އިއްޔެ އެކަނިވެސް 60 ޓަނުގެ ކުނި ކުނިނެގި: މާލޭ ސިޓީ ކައުންސިލް

male city
މާލޭގެ މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށްގެންދަނީ. ފޮޓޯ:ސިޓީ ކައުންސިލް
ހުވަދޫ ނިއުސް ޓީމް
449ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭގެ މަގުތަކުން އިއްޔެ އެކަނިވެސް 60 ޓަނުގެ ކުނި ނަގާފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން، ގޭގޭ ސާފުކުރުމަށްފަހު މާލޭގެ އެކި މަގުތަކަށް ކުނި ނެރެ އުކާނުލާ ބެހެއްޓުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން ދުއްވާ އުޅަނދުތަކަށާއި، މަގު ބޭނުންކުރާ ފަރާތްތަކަށްވެސް ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ. ގޭގޭ ސާފުކޮށް މަގުތަކަށް ނެރެފައި ހުރި ކުނީގެ ތެރޭގައި، ހިފާގެންގުޅޭ ސާމާނާއި އަދި ފަރުނީޗަރު ފަދަ ބޮޑެތި ކުނީގެ ބާވަތްތައްވެސް ހިމެނެއެވެ. އަދި ކުނިވާޒާތުގެ ކުނިވެސް މަގުތަކަށް ނެރެފައި ހުރިކަމުގެ ޝަކުވާވެސް ބޮޑެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތްތަކެއް ފަށްޓަވާފައެވެ.

300 × 250

ސިޓީ ކައުންސިލުން ވިދާޅުވީ، 27 މަގެގައި ޖަމާކޮށްފައި ހުރި ކުނި ނެގުމުގެ މަސައްކަތްތައް މިހާތަނަށް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. ޚާއްޞަކޮށް ގިނަ އަދަދަކަށްކަށް ކުނިއެއްކޮށްފައި ހުރި 17 މަގަކުންނާއި، ބޮޑެތި 10 މަގަކުން ކުނި ނެގުމުގެ މަސައްކަތް މިހާރުވެސް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. ޖުމްލަ 60 ޓަނުގެ ކުނި އިއްޔެ އެކަނިވެސް މާލޭގެ މަގުތަކުން ވަނީ ނަގާފައިކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. https://twitter.com/adamazim/status/1767088009789210981?s=20


މިގޮތަށް މަގުތަކުގައި ކުނި ބަހައްޓަމުންދާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިއީ ވެށި ހަޑިވުމާއި ސިއްޙީގޮތުންވެސް ނޭދެވޭ އަސަރު ކުރާ ކަމަކަށްވާތީ އެކަން ނުކުރުމަށް އީޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

https://twitter.com/MaleCitymv/status/1766915776332673051?s=20 ކުނި އުކާލުމުގައި ފަސޭހަކުރުމަށް، ކުރިއަށް އޮތް 3 ދުވަހު ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކަށް އެއްވެސް ފީއެއް ދެއްކުމެއް ނެތި އާއްމުންނަށް ކުނި އުކޭނެ އިންތިޒާމް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ވަނީ ހަމަޖައްސާފައެވެ.

މިގޮތަށް ގޭބިސީތަކުން އުކާލާ ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި އުކާލުމުގެ ކެޕްސް ޚިދުމަތް ވެމްކޯއިންވެސް ދަނީ ފޯރުކޮށްދެމުންނެވެ. މިއީ ކުޑަ ފީއަކާއެކު ކުނި އުކާލުމަށް ވެމްކޯއިން ދެމުން އަންނަ ޚިދުމަތެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި