1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ފުރަތަމަ 3 މަސް ތެރޭ 5 ޤައުމަކުން އެކަނި ވެސް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް

Travel Trade Maldives
ހުވަދޫ ނިއުސް ޓީމް
302ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ 5 ޤައުމުން އަހަރުގެ މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާ، ރަޝިއާ، އިޓަލީ، އިނގިރޭސިވިލާތް އަދި ޖަރުމަންވިލާތުންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ޤައުމުގެ ހިސާބުތައް

300 × 250

ޗައިނާ – 56181 ފަތުރުވެރިން ރަޝިއާ – 44222 ފަތުރުވެރިން އިޓަލީ – 42770 ފަތުރުވެރިން އިނގިރޭސިވިލާތް – 40448 ފަތުރުވެރިން ޖަރުމަންވިލާތް – 29196 ފަތުރުވެރިން

މި ފަސް ޤަައުމުން އަހަރުގެ މިހާތަނަށް ޖުމްލަ 212817 ފަތުރުވެރިންވަނީ ރާއްޖެއަށް އައިސްފައެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ޖުމްލަ 466273 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 404898 ފަތުރުވެރިންނާ އަޅާ ބަލާއިރު 15.2 އިންސައްތަ އިތުރު އަދަދެކެވެ.

https://twitter.com/traveltrademv/status/1766771699091943860?s=20 އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، މިދިޔަމަހު ރާއްޖެއަށްވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލަައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ގާއިމްކުރުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް މިއަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި