ހެލިކޮޕްޓަރ އޮޕަރޭޓްކުރަން އައްޑޫގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ އެ ގައުމަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދިވެހި ސަރުުކާރުން އެދިވަޑައިގެންފައިވާގޮތަށް މިހިނގާ މާރޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެމީހުން ވަނީ އަނބުރާ ގައުމަށް ގޮސްފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން އެއްބަސްވުމަކަށް އައިސްފައިވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއެއްގޮތަށް ދެ ގައުމުގެ ދެމެދު ވެފައިވާ އެއްބަސްވުމާއި ގުޅިގެންނެވެ.
އެ އެއްބަސްވުމާއި އެއްގޮތަށް އައްޑޫ ސިޓީ ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލްކޮޕްޓަރު ދުއްވުމަށް ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށް އެ ގައުމުގެ ސިވިލިއަން ކުރޫއެއް މިދިޔަ މަހު ވަނީ ރާއްޖެ އައިސްފައެވެ.
ހެލިކޮޕްޓަރު އޮޕަރޭޝަންގައި ދެން ތިބޭނީ އިންޑިއާގެ މަދަނީންގެ 26 މީހެކެވެ.
އައްޑޫގެ އިތުރުން ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ ދެ ޕްލެޓްފޯމް ގައި ތިބި އިންޑިއާގެ ސިފައިން 10 މެއިގެ ކުރީން ފޮނުވާލުމުގެ ކަންކަން އޮމާންކަމާ އެކު ފުރިހަމަކޮށް ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.