ތަރާވީހު ނަމާދާއި ދަމު ނަމާދު ކުުރުން ރަނގަޅީ އަވަށްޓެރިންނަށް އަޑު ނީވޭގޮތަށް ނުވަތަ، ނަމާދުގެ އަޑު ގަދަވުމުން ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫ ނުވާގޮތަށް ކުރުން ކަަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ޝަހީމް މިހެން ވިދާޅުވީ، ކައިރި މިސްކިތެއްގައި އަޑުހަރުކޮށް ތަރާވީސް ކުރާތީ އުނދަގޫވާކަމަށް ވިދާޅުވެ އިބްރާހީމް އިސްމާއީލް (އިބުރާ)، ކުރެއްވި އެކްސް ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. "މިގޭދޮށު ގޭގޭގެ މީހުނަށް އިޝާނަމާދު ކޮށްލެވޭނީ މިސްކިތުން ތަރާވީހް ނަމާދުކޮށް ނިމުނީމައެވެ. މިއީ ކޮންމެ ރޯދަމަހެއްގެވެސް ހާލެވެ. ރީތިކޮށް ކިޔަވާނަމަވެސް ރަނގަޅެވެ." އިބުރާ ކުރި އެކްސް ޕޯސްޓުގައި ބުނެފައި ވެއެވެ. އިބުރާގެ އެކްސް ޕޯސްޓަށް ރައްދު ދެމުން ވަޒީރު ޑރ ޝަހީމް ވިދާޅުވީ ޝަހީމް ވިދާޅުވީ، ގޭބިސީތަކާއި ކައިރީގައި ހުންނަ މިސްކިތްތަކުގައި އަޑު ހަރުކޮށް ކިޔަވާ ނަމާދުތައް ކުރާއިރު، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ކުރުމަކީ ރަނގަޅު ގޮތް ކަމަށެވެ.
ކުޑަކުދިން ނިދާ ގަޑިތަކުގައްޔާއި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތިނުވާނެހެން ގެންދިއުން ރަނގަޅީ.
ވަޒީރު ޑރ ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ. ރޭގަނޑު ދިގުކޮށް ތަރާވީހު ނަމާދު ކުރާއިރު އަޑު ގަދަވުމުން އުނދަގޫވާކަމުގެ ޝަކުވާއަކީ ކޮންމެ ރޯދަމަހަކުވެސް ބައެއް އާންމު ފަރާތްތަކުން ކުރާ ޝަކުވާއެކެވެ. އެހެންނަމަވެސް އެއްވެސް ރޯދަމަހަކު އެމައްސަލައަށް ހައްލު ހޯދައި ދެވިފައެއް ނުވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.