1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރެސިޕީ

މިއަދު ޕިއްޒާ ފުށްގަނޑެއް ތައްޔާރު ކޮށްލަމާ ހިނގާ!

Pizza-Dough-6-1200
ގޭގައި އަމިއްލަ އަށް ޕިއްޒާ ފުށްގަނޑެއް ތައްޔާރުކޮށް ލުމުން ޖީބަށް ލުއިވެފައި މިރުވާނެ: ފޮޓޯ:ގޫގުލް
ރިޝާނާ ޢަބްދުލްއަޒީޒް
3,612ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިއަދު މިއުޅެނީ ގޭގައި އަމިއްލައަށް ޕިއްޒާ ފުށްގަނޑެއް ތައްޔާރުކުރާނެ ގޮތް ކިޔާލަދޭންވެގެންނެވެ. މީރުވެފައި ޚަރަދު ކުޑަވާނެއެވެ. އެއް ފުށްގަނޑަށްވުރެ ގިނައިން ހެދިދާނެއެވެ.

އެގްޕަފް ކަހަލަ ތަފާތު އެހެން ޕޭސްޓްރީއެއް ހެދުމަށްވެސް މި ފުށްގަނޑު ބޭނުންކޮށްލެވިދާނެއެވެ. ލަސްނުކޮށް އަވަހަށް ފަށަމާހިނގާ!

ބޭނުންވާ ތަކެތި:

300 × 250

600 ގުރާމް ފުށް

370 އެމް އެލް ތާފަނާ ފެން

1 މޭޒުމަތީ ސަމްސާ އިންސްޓަންޓް އީސްޓް

1 މޭޒުމަތީ ސަމްސާ ހަކުރު

3/1 ޖޯޑު އޮލިވް އޮއިލް ނޫނީ ވެޖިޓަބަލް އޮއިލް

1 ސައި ސަމްސާ ލޮނު

300 × 250

4 ސަމްސާ އަންސޯލްޓެޑް ބަޓަރ

ތައްޔާރު ކުރާނެގޮތް:

އަންސޯލްޓެޑް ބަޓަރ ނޫން ހުރިހާ އެއްޗެއް އަޅާފައި ފުށްގަނޑު މޮޑެލާށެވެ.  15 މިނެޓް ވަންދެން ނޫނީ ފުށްގަނޑު އިލާސްޓިކް ވަންދެން ރަގަނޅަށް މޮޑެލަންވާނެއެވެ.

މަތިޖެހި ބޮޑު ތައްޓެއްގައި ބަޓަރ ހޭކުމަށް މޮޑެފައިވާ ފުށްގަނޑު ތައްޓަށްލާފައި ރަގަނޅަށް މަތި ޖަހާފައި 1 ގަނޑި އިރު ބޭއްވުމަށް ފަހު ބޭނުންކޮށްލާށެވެ.

ޖީބަށް ލުއިވެފައި  މިރުވާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި