ކަށިކޭލަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު އެއްޗެކެވެ. ކަށިކޭލުން އެކި ބާވަތްބާތުގެ ފޮނިކާއެއްޗެހި ހަދާލުމަކީ ވަރަށް ގިނަ މީހުން ކޮށްއުޅޭކަމެކެވެ. މިއަދު މި ކިޔައިދެނީ ކަށިކެޔޮ ބޭނުންކޮށްގެން ތައްޔާރުކޮށްލެވިދާނެ ވަރަށް މީރު ފޮނިކާއެއްޗެކެވެ. ރަހަ ބަލާލަން މިރޭ ރޯދައަށް ކައްކާލަށެވެ. ބޭނުންވާ ތަކެތި: 4 ވަށް ކަށިކެޔޮ ( ކޮށާފައި ) 2 ދަޅުގެރިކިރު 2 ސަމްސާ ހަކުރު 4 ސަމްސާ ޒުވާރި ފުށް 5 ޖޯޑު ފެން 2 ސަމްސާ ކެށޫ ނަޓް ( މުގުރާފައި ) ތައްޔާރު ކުރާނެ ގޮތް:

  • ކޮށާފައި ހުރި ކަށިކެޔޮ މިކްސަރަށް އެޅުމަށް ފަހު ފެނާއި ހަކުރު އަޅައި ރަގަނޅަށް ގިރާލާފައި ފުރޭންޏަކުން ރަގަޅަށް ފުރޭނުމަށް ފަހު ތެއްޔަކަށް އަޅައި ރަގަނޅަށް ކައްކާލާށެވެ.
  • ތައްޓަކަށް ޒުވާރިފުށް އަޅާފައި ކުޑަފެންފޮދެއް އަޅައި ގިރާލުމަށްފަހު މަޑުމަޑުން ކެކިކެކި ހުރި ކަށިކެޔޮ ފެނުގެ އަޅާފައި އޮލަ ވަންދެން ކައްކާލާށެވެ.
  • ދެން ފޮނި ރަހަ ހެޔޮވަރުވާވަރަށް ގެރިކިރު އަޅާލުމަށް ފަހު ކެށޫނަޓް އަޅާފައި ކުޑަކޮށް ކައްކާލާށެވެ.